ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު އަތޮޅު ކައުންސިލަށް އައުޓްޑޯ ލެޑްޕެނަލް ސްކްރީނެއް ހޯދުން.

ކޮޅުމަޑުލު އޮތޮޅު ކައުންސިލްގެ އިދާރާއަށް އައުޓްޑޯ ލެޑް ޕެނަލް ސްކްރީނެއް ހޯދަން ބޭނުންވެއްޖެއެވެ. މި އިއުލާނާއެކު، ހޯދަންބޭނުންވާ ތަކެތީގެ ޓެކުނިކަލް ސްޕެސިފިކޭޝަނާއި، ބިޑާބެހޭ މައުލޫމާތުތައް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

1. ބީލަންރަޖިސްޓަރީކުރުން

  • ބީލަން ހުށަހަޅާ ފަރާތުން، ބީލަން ރަޖިސްޓަރީ ކުރަންވާނެއެވެ. ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުންނާއި، ދިވެހި ދައުލަތުގެ ގެގެޒެޓްގައި މިއިއުލާނު ހިމެނޭ ޖާގައިގައި ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ނުވަތަ ތިރީގައިވާ ލިންކުންވެސް ރަޖިސްޓަރީ ކުރެވޭނެއެވެ.
  • އޮންލައިންކޮށް ރަޖިސްޓަރީވާނެ ލިންކު: https://forms.office.com/r/CB50XpjRMB
  • ރަޖިސްޓަރީ ކުރުމުގެ މުއްދަތު: 07 މެއި 2025 ން 12 މެއި 2025، 13:00 ށް،
  • ފޯމުން ރަޖިސްޓަރީ ވާނަމަ، މި އިދާރާގެ ކައުންޓަރަށް (ރިސެޕްޝަނަށް) ހުށަހަޅައިގެން ނުވަތަ، ތިރީގައިވާ އީމެއިލަށް ފޯމު ފޮނުވައިގެންވެސް ރަޖިސްޓަރީކޮށް ދެވޭނެއެވެ.
  • އާންމު އީމެއިލް: [email protected]
  • ބީލަން ރަޖިސްޓަރީވިކަން ކަށަވަރުކުރުމަކީ، ފޯމް ހުށަހަޅުއްވާފަރާތުގެ ޒިންމާއެކެވެ. ބީލަން ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ރަޖިސްޓްރީނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

2. ބީލަން ރަޖިސްޓަރީވުމަށް ހުށަހެޅޭނެ ފަރާތް

  • މި ބީލަމުގައި ރަޖިސްޓަރީ ވުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/18) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/19) ގެ ދަށުން ރަޖިސްޓަރީވެ، ރަޖިސްޓަރީގެ މުއްދަތު ހަމަނުވާ ފަރާތްތަކެވެ.
  • ނޯޓް: ބީލަން ހުށަހެޅުމުގައި ބައިވެރި ވެވޭނީ  މީގެތެރެއިން ކޮންމެވެސް އެއް ޙައިސިއްޔަތަކުންނެވެ.

3. މަޢުލޫމާތު ސާފުކޮށްދިނުން

  • އިތުރުމަޢުލޫމާތު ސާފުކުރުމަށް، ކޮޅުމަޑުލު އަތޮޅުކައުންސިލްގެ އިދާރާގެ ނަންބަރު 6780700 ނުވަތަ  [email protected] ށް މެއިލްކޮށްގެން ނުވަތަ 7846025 ނުވަތަ 9847007 އަށްގުޅައިގެނެވެ.

4. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި

  • ތަން: ކޮޅުމަޑުލު އަތޮޅުކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް (ވޭރުމާލަން)
  • ތާރީޚް: 19 މެއި 2025 ވާ ހޯމަ ދުވަހުގެ 13:00 ގައި.
  • ބަދަލުގައި މީހަކު ފޮނުވާނަމަ، ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީ އަކާއި، ހުށަހަޅާފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.
  • ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ބީލަމުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

ވީމާ، މި މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، ބީލަން ހުށަހަޅުއްވުމުގެ ފުރުޞަތު ހުޅުވާލުމަށް އާއްމުކޮށް އިޢުލާނު ކުރީމެވެ.

07 މޭ 2025
ހޯދާ