ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުޤުވެރިވާ ޖަމިއްޔާތަކުން ޕްރޮޕޯސަލް ހުށައެޅުމަށް ފުރުޞަތު ހުޅުވާލުން.

              1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ބާރަށުގައި ފާހަގަކުރުމަށް ޝައުޤުވެރިވާ ޖަމިއްޔާތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

                މި ގޮތުން ހުށަހަޅާ ޕްރޮޕޯސަލްތައް މި ކައުންސިލުން ބެލުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅުއްވާ 2 ޖަމިއްޔާއަކަށް (ކޮންމެ ޖަމިއްޔާއަކަށް) -/20،000 (ވިހި ހާސް ރުފިޔާ) ދިނުމަށްވަނީ ހަމަޖެހިފައެވެ.

               ވީމާ، މި ކައުންސިލާއި ގުޅިގެން މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުގުވެރިވާ ޖަމިއްޔާތަކުން ޕްރޮޕޯސަލް ހުށަހެޅުއްވުމަށް އެދެމެވެ. ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މަޢުލޫމާތާއި މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް ހިމެނޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

                ޕްރޮޕޯސަލް ހުށައެޅުމަށް އެދޭ ޖަމިއްޔާތަކުން މިކައުންސިލް އިދާރާގެ އީމެއިލް [email protected] އަށް މެއިލްކުރަށްވާ ނުވަތަ އިދާރާއަށް ދުރުވެ ޕްރޮޕޯސަލް ހުށައެޅުމަށް އެދެމެވެ.

 

 

ޕްރޮޕޯސަލް ހުށައެޅުމުގެ ސުންގަޑި:

20 މޭ 2025 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް.

            

              އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 6500016،6500172 އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. 

              ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                          

07 މޭ 2025
ހޯދާ