ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ ޢީދު ކޮމެޓީ އެކުލަވާލުން

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް 2025 ވަނަ އަހަރުވެސް އަޟްޙާ ޢީދުގެ ކަންކަން ރާވައި ހިންގުމަށް ޢީދު ކޮމެޓީ އެކުލަވާލުމަށްވަނީ ހަމަޖެހިފައެވެ. އަދި ޢީދު ކޮމެޓީގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެލަވެންސްއެއް ދިނުމަށްވެސްވަނީ ހަމަޖެހިފައެވެ. ވީމާ، މިކޮމެޓީގައި ހަރަކާތްތެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 12 މެއި 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ނަން ހުށައެޅުމަށް ފުރުސަތު ހުޅުވާލެމެވެ. ނަން ހުށައެޅުމަށް އެދިލައްވާ ފަރާތްތަކުން ނަމާއި އައިޑީކާޑް ނަންބަރު އަދި ކުރިމަތިލާ މަޤާމް ހިމެނޭހެން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ޢީދު ކޮމެޓީގެ މެމްބަރުން ނެގުމަށް ހަމަޖެހިފައިވާ މަޤާމްތަކާއި މަޤާމްތަކަށް ދިނުމަށް ހަމަޖެހިފައިވާ އެލަވެންސްގެ މަޢުލޫމާތު ތިރީގައިމިވަނީއެވެ.

#

މަޤާމް

މަސްޢޫލިއްޔަތު

އެލަވަންސް

1

ޢީދު ކޮމެޓީގެ ރައީސް

  • ކޮމެޓީގެ ބައްދަލުވުންތައް އިންތިޒާމްކޮށް ބޭއްވުން.
  • ކޮމެޓީ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން.
  • ޢީދު ކޮމެޓީގެ މެމްބަރުންގެ މަސައްކަތްތައް ކުރިއަށްދާ ގޮތް މޮނީޓަރކޮށް ބެލެހެއްޓުން.
  • ކޮމެޓީގެ މެމްބަރުންނާއި އެކުގައި މަޝްވަރާކޮށް ޢީދުގެ ކުޅިވަރުތަކާއި ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލް ހެދުމާއި މަސައްކަތްތައް މެމްބަރުންނާއި ހަވާލުކުރުން.
  • ކޮމެޓީގެ ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓޭކަން ކަށަވަރުކުރުން.

-/2000

2

ޢީދު ކޮމެޓީގެ ނައިބު ރައީސް

  • ރައީސް ނެތް ހާލަތުގައި ރައީސްގެ ހުރިހާ ޒިންމާތަކެއް އަދާކުރުން.
  • ކޮމެޓީގެ ޖަލްސާތަކަށް ޤަވާއިދުން ހާޒިރުވުން.
  • ކޮމެޓީގެ ރައީސް އަދި މުޅި ކޮމެޓީގެ މަޝްވަރާގެ މަތީން ހަވާލުކުރެވޭ މަސައްކަތްތައް ޒިންމާދާރުކަމާއި އެކުގައި ގަޑިން ގަޑިއަށް އަދާކުރަމުން ގެންދިއުން.

-/1500

3

ޢީދު ކޮމެޓީގެ މެމްބަރުން (މެމްބަރުކަން ކުރުމުގެ ފުރުސަތު ދެވޭނީ ކޮންމެ ޓީމަކުން މެމްބަރަކަށް)

  • ކޮމެޓީގެ ރައީސް އަދި މުޅި ކޮމެޓީގެ މަޝްވަރާގެ މަތީން ހަވާލުކުރެވޭ މަސައްކަތްތައް ޒިންމާދާރުކަމާއިއެކުގައި ގަޑިން ގަޑިއަށް އަދާކުރަމުން ގެންދިއުން.
  • ޓީމުތަކާއި ގުޅުން ހުރި ކަންކަމާއި މައްސަލަތައް ކޮމެޓީގެ ސަމާލުކަމަށް ގެނަސް، އިންސާފުވެރިކަމާއި އެކުގައި މައްސަލަތައް ނިންމުމަށް ކޮމެޓީއަށް ދޭންޖެހޭ އެއްބާރުލުން ދިނުން.
  • ކޮމެޓީގެ ޖަލްސާތަކަށް ޤަވާއިދުން ހާޒިރުވުން.

-/1000

06 މޭ 2025
ހޯދާ