ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމަށް

 

އިޢުލާން

 

ރުއްގަހުގެ ވެރިން ހޯދުމަށް

              ލ.ގަމު މުކުރިމަގު އަވަށު ފުއްއެޅިމަގާ، ހައްތެލިމަގު އަދި ހައުސިން ޔުނިޓް ތަކުގެ އުތުރުން އަލައް ގޯތިދީފައިވާ ސަރަހައްދުގެ ހުރިހާ މަގުތައް  ހެދުމަށް ހަމަޖެހިފައިވާތީ މި މަގުތަކުގައި، މި އިދާރާއިން ނަމްބަރ ޖަހާފައިވާ ރުއް ގަހުގެ ވެރިންނާއި، މިސަރަހައްދުގެ މަގުތަކަށްއަރާ ދަނޑުތަކުގެ ވެރިން ހޯދުމަށް ބޭނުންވެ އެވެ.

                ވީމާ، މަތީގައި ދަންނަވާފައިވާ ތަންތަނުގެ މަގުތަކަށް އަރާ ދަނޑުތަކުގެ ވެރިން މިއަދުން ފެށިގެން 10 ދުވަހުގެތެރޭގައި މިއިދާރާގައި ނަންނޯޓް ކޮށްދެއްވުން އެދެމެވެ. އަދި ރުއް ގަހުގެ ވެރިން މި އިދާރާއަށް ދުރުވެ "ރުއް ގަހުގެ ހިސާބު ހުށަހަޅާ ފޯމު" ނަންގަވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 22 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 13.00ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ރުއްގަހުގެ ހިސާބު ހުށަހަޅާ ފޯމު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ އެވެ.

                                

                  08ޛުލްޤައިދާ      1446ހ

              06 މެއި        2025މ 

06 މޭ 2025
ހޯދާ