ދިވެހިރާއްޖެ
މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް ބ.ދޮންފަނުގައި މޮނިއުމެންޓެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު ކައުންސިލްގެ އީމެއިލް [email protected] އަށް ފޮނުއްވައިގެން ނުވަތަ މިއިދާރާއަށްދުރުވެ، ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. މިބީލަމާއިގުޅޭ އިތުރު މައުލޫމާތު ބީލަމުގައި ރަޖިސްޓްރީ ކުރާފަރާތްތަކަށް އީމެއިލްއިން ހިއްސާކުރެވޭނެއެވެ.
އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު:
- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން: 13 މެއި 2025 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް
- ބީލަން ހުށަހެޅުން: 20 މެއި 2025 ވަނަ ދުވަހުގެ 11:30 ގައި ބ.ދޮންފަނު ކައުންސިލް އިދާރާގައި
ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއްހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އިދާރާގެ ނަންބަރު 4005054 ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.