ދިވެހިރާއްޖެ
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވާތީ 02 އެޕްރީލް 2025 ގައި ކުރި މި ސަރވިސްގެ ނަންބަރު (IUL)167-AD/167/2025/11 ޢިއުލާނަށް އިޖާބަ ދެއްވާފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ 2 ވަނަ ފަހަރަށް އެތަކެތި ނީލަންކިއުމަށް ހުޅުވާލަމެވެ.
މި ނީލަމާގުޅޭ ތަފްޞީލު ތިރީގައި އެވަނީއެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަން: ހުޅުމާލެ ޖަލު
ނީލަންކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 15 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި.
ނީލަންކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަމުގައި.
މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ފޯން ނަންބަރު: 9762256
މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރައްވާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަސް ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފައިނޭންސް ގެ ބަޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ.
ވީމާ، ޝައުގުވެރި ވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.