ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ - ސެންޓަރ ފޯ އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސް

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ސެންޓަރ ފޯ އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސް

ގްރޭޑް:

06

ސްޕައިން ޕޮއިންޓް:

27

މަޤާމުގެ މުސާރަ:

މަހަކު 7,835.52 ރ

ސަރވިސް އެލަވަންސް:

މަހަކު  3,358.08ރ

އިނާޔަޔްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  • ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
  • ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
  • ލައިބްރަރީ މެމްބަޝިޕް

ވަޒީފާގެ ބާވަތް:

ދާއިމީ

މަގާމުގެ ޝަރުތު:

  1. އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސެރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 01 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • އާއްމުކޮށް ކޮންމެ ދުވަހަކު އޮފީހުން ފޮނުވަންޖެހޭ ސިޓީތަކާއި، ލިޔުންތަކާއި މެމޯ ލިޔެ ފޮނުވުން
  • ސެންޓަރުގެ މެއިލް ޗެކުކޮށް ޖަވާބުދީ އަޕްޑޭޓުކޮށް ބެލެހެއްޓުން
  • އޮފީހަށް އަންނަ ފޯނުކޯލުތަކަށް ޖަވާބު ދިނުން
  • ސެންޓަރުން ހިންގާ ހުރިހާ ޓްރެއިނިންގތަކެއްގެ އިންތިޒާމް ބެލެހެއްޓުން

- ސެންޓަރުން ހިންގާ ހުރިހާ ޓްރެއިނިންގތަކެއްގެ އިންތިޒާމް ޓްރެއިނިންގ ކޯޑިނޭޓަރގެ ލަފާގެ މަތިން ހަމަޖެއްސުން

- ޓްރެއިނިންގތައް ކުރިއަށްދާއިރު ބޭނުންވާ އިދާރީ އެހީ ފޯރުކޮށްދިނުން

  • ފެކަލްޓީތަކުގެ މޮނިޓަރިންގ އެންޑް އިވެލުއޭޝަން:

- ކޮންމެ ސެމެސްޓަރ އަކު ސެންޓަރުން މޮނިޓަރކުރާ ބްލެންޑެޑް ލާރނިންގެ ސަބްޖެކްޓްތަކުގެ ލިސްޓުތައް ފައިނަލްކުރުން

  • ސަބްޖެކްޓް އިވެލުއޭޝަން ހެދުން:

- ކޮންމެ ސެމެސްޓަރެއް ނިމުނުން ފެކަލްޓީތަކުން ފޮނުވާ ބްލެންޑެޑް ލާރނިންގެ މާއްދާތަކުގެ ޓީޗަރުންގެ ކިޔަވައިދިނުމުގެ އިވެލުއޭޝަން ހެދުން

  • އޮފީހާއި އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންގެ ސްޓޭޝަން ތައްޔާރުކޮށް ބޭނުންވާ ތަކެތި ފޯރޮކޮށްދިނުން
  • އެކަޑެމިކް މުވައްޒަފުންނަށް ބޭނުންވާ އިދާރީ އެހީ ފޯރުކޮށްދިނުން
  • ކުއްލިއަކަށް ދިމާވާ ކަންކަން ހައްލުކުރުމަށް ސެންޓަރުގެ ވެރިޔާގެ މަޝްވަރާއާއެކު މަސައްކަތް ކުރުން
  • އޮފީހުގެ މުވައްޒަފަކު ސަލާމާއި އެހެންވެސް ޗުއްޓީއެއްގައި ހުންނަ ދުވަސްތަކުގައި ހަވާލުވެފައިވާ މަސައްކަތްތައް ކުރުން
  • ސްޓާފް މީޓިންގެ އިންތިޒާމްތައް ހަމަޖައްސައި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން

- މީޓިންގ އޮންނަ ދުވަސް ޤަަވާއިދުން އީ.މެއިލް މެދުވެރިކޮށް ސެންޓަރުގެ އެކަޑެމިކް ސްޓާފުންނަށް އެންގުން

- މީޓިންގެ ޔައުމިއްޔާ ލިޔެ ގަވާއިދުން ސޮއިކޮށް ފައިލްކުރުން

  • ސެންޓަރުގެ މެނޭޖްމަންޓް ކޮމެޓީގެ އިންތިޒާމްތައް ހަމަޖައްސައި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން

- މީޓިންގ އޮންނަ ދުވަސް ޤަވާއިދުން އީ.މެއިލް މެދުވެރިކޮށް ސެންޓަރުގެ އެކަޑެމިކް ސްޓާރުންނަށް އެންގުން

- މީޓިންގެ ޔައުމިއްޔާ ލިޔެ ގަވާއިދުން ސޮއިކޮށް ފައިލްކުރުން

  • ސެންޓަރުގެ ސްޓޮކް ބެލެހެއްޓުން:

- ސެންޓަރުން ފޮނުވަންޖެހޭ ހިދުމަތާއި ތަކެއްޗައް އެދޭ ފޯރމްތައް ފޮނުވާ އޭގެ ފޮލޯއަޕް ހެދުން

- ސޮޓްކުން މަދުވާތަކެތި ބަލައި ހޯދުމާއި، ސްޓޮކް ބެލެހެއްޓުން

- ސިޕް މެދުވެރިކޮށް ސްޓޮކުން ތަކެއްޗަށް އެދޭ ފަރާތްތަކަށް ތަކެތި ފޯރުކޮށްދިނުން

- ސަޕޯރޓް ސްޓާފުން ސްޓޮކުން ނަގާ މުދާ ފޮތުގައި ލިޔެ ސިސްޓަމުން ބާކީކުރުން

- އަހަރަހު 2 ފަހަރު ސްޓޮކްގެ މުދާ ގުނުން

  • އޮފީހުގެ މެއިންޓެނެންސް މަސައްކަތްތައް އަދި ބީލަމަށްލައިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުވުން:

- އޮފީހުގައި ކުރަން ހުރި މަރާމާތުތައް ފާހަގަކޮށް، އެ މަސައްކަތްތައް ކުރުން.

- ބީލަމަށް ލައިގެން ކުރަންޖެހޭ މަސައްކަތްތައް ޤަވާއިދާއި އެއްގޮތަށް ކުރުވުން.

  • މިތީގާއިވާ ކަންކަމުގެ އިތުރުން އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅިގެން ހަވާލުކުރެވޭ ކަންކަން ކުރުން

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2025 މެއި 14 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް. 

https://forms.clickup.com/3609495/f/3e4wq-128295/MBXEXLD0QM7WE9APGS

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

** އެޓޭޗް ކުރައްވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި ޕީ.ޑީ.އެފް" ކޮށްފައެވެ.

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345141 ނަމްބަރު ފޯނަށެވެ.
06 މޭ 2025
ހޯދާ