ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެންޓަރ ސްކެއަރގައި ޖެހުމަށް ކަދުރު ރުއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި އިދާރާއިން ރަށުގެ ބަނދަރު ސަރަޙައްދުގައި ތަރައްޤީކުރަމުންދާ ސެންޓަރ ސްކެއަރގައި ޖެހުމަށް ކަދުރު ރުއް ފޯރުކޮށްދޭނެ

ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. 

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުމަށް

ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ބީލަން ހުށަހެޅޭނީ، ޤާނޫނު ނަމްބަރު 18/2014 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ

ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރު

19/2014 (އަމިއްލަފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ

އަމިއްލަ ވިޔަފާރި ތަކަށެވެ. 

ބީލަމުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު" ފުރުއްވުމަށްފަހު، މި އިދާރާގެ

އީމެއިލް [email protected] އަށް ފޮނުއްވައިގެން ނުވަތަ ކައުންސިލަށް ހުށަހަޅުއްވައި ރަޖިސްޓްރީ

ކުރެއްވުން އެދެމެވެ. އީމެއިލްގެ ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން، އެ ފަރާތަކަށް އީމެއިލް

މެދުވެރިކޮށް އެންގޭނެއެވެ.  

ބީލަން ރަޖިސްޓްރީ ކުރުން

06 މޭ 2025 ން 15 މޭ 2025 ގެ 13:00 ގެ ނިޔަލަށް

ބީލަން ބަލައިގަތުން

20 މޭ 2025 ވަނަ ދުވަހުގެ 13:00 ގައި މިއިދާރާގައި

ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް

ހުށަހަޅަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ޙާޟިރުގައެވެ. ބީލަން ހުންނަންވާނީ

ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 6500032 އަށް

ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

06 މޭ 2025
ހޯދާ