މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބ.ހިތާދޫ ކުނިކޮށީގައި ޕިކަޕް ގަރާޖު ހަދައިދޭނެ ފަރާތެއް ހޯދުން
- ބ.ހިތާދޫ ކުނިކޮށީގައި ޕިކަޕް ގަރާޖު ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)322/322/2025/35 އިޢުލާނުގައި، ބޭނުންވާ ބައެއް މަޢުލޫމާތުތައް ހިމެނިފައިނުވާތީ، މި އިޢުލާނު ބާޠިލުކޮށް، އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 07 މެއި 2025 އިން 11 މެއި 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބިޑުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅާ ފަރާތްތަކަށެވެ.
- ބިޑްގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް މިއިޢުލާނާއެކު ގެޒެޓްގައި ހިމަނާފައި ވާނެއެވެ.
- މި ބީލަމާގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 13 މެއި 2025 ވަނަ ދުވަހުގެ 10:30 ގައި މިއިދާރާގައެވެ.
- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 18 މެއި 2025 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގައި މިއިދާރާގައެވެ.
- މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި ވެރިފަރާތްނޫން އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއާއި ދުރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބަލައި ގަނެވުނު ކަމުގާވިޔަސް ބާޠިލު ކުރެވޭނެއެވެ.
- އިތުރު މަޢުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން މި އިދާރާއަށް މެއިލްކުރައްވާ މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.
- އީމެއިލް: [email protected]
06 މޭ 2025
ހޯދާ