މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އުތުރު ފަރާތުގެ 2 ބީޗުގައި 2 މޫދު އުނދޯލި އަދި ބީޗްގައި 2 އުނދޯލި ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ރަށުގެ އުތުރުފަރާތުގެ 2 ބީޗްގައި 2 މޫދު އުނދޯލި އަދި ބީޗްގައި 2 އުނދޯލި ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއްބޭނުންވެއްޖެ.

 

         މިއިދާރާގެ ނަމްބަރު  72(IUL)335-AS/335/2025/  28 އޭޕްރީލް 2025 ގެ  އިޢުލާނުން  މިރަށު އުތުރުފަރާތުގެ 2 ބީޗްގައި 2 މޫދު އުނދޯލި އަދި ބީޗްގައި 2 އުނދޯލި ހެދުމުގެ މަސައްކަތް ކޮށްދިނުމަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީވެ އެ އިޢުލާން ބާތިލްކޮށް އަލުން އެމަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.   

         މިރަށުގެ އުތުރު ފަރާތުގެ 2 ބީޗްގައި 2 މޫދު އުނދޯލި އަދި ބީޗްގައި 2 އުނދޯލި ހެދުމުގެ އެންމެހައި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.      

  • މި ބިޑްގައި ބައިވެރިވާން އެދޭފަރާތްތަކުން 12 މެއި 2025 ވާ ހޯމަ ދުވަހުގެ 12:00 ކުރިން މި ކައުންސިލަށް ދުރުވެ ނުވަތަ މި އިޢުލާނާއި އެކު ހިމެނިފައިވާ ގޫގަލް ފޯމް ލިންކުން ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

މި މަސައްކަތުގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑްހުށަހެޅުމަށް ރަޖިސްޓްރީކުރި ފަރާތްތަކުންނެވެ.    

ރަޖިސްޓްރީ ލިންކް: https://forms.gle/ecv2FGUSRzNFMWN6A

  •  މިމަސައްކަތައް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 މެއި 2025 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

      އަންދާސީ ހިސާބާއި ގުޅޭ އިތުރު މައުލޫމާތު މިކައުންސިލްގެ އީމެއިލް [email protected] ނާއި ގެޒެޓުގައި މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަންވެސް މި ފުރުޞަތުގައި ދަންނަވަމެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

      މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 މޭ 2025
ހޯދާ