މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ހުޅުދުއްފާރުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓް އާންމުކުރުން

ރ. ހުޅުދުއްފާރުން  ދިރިއުޅުމަށްޓަކައި  ބަންޑާރަ  ގޯތި ދޫކުރުމަށް  ކުރެވުނު  ނަންބަރު: (IUL)302-E/302/2024/38 (25 ޖުލައި 2024) އިޢުލާނާއި ގުޅިގެން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓް އާންމުކޮށް އިޢުލާންކުރީމެވެ.

ވީމާ، ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓު ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދުންފެށިގެން ހުޅުވާލަމެވެ. ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން "ރ. ހުޅުދުއްފާރުން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމް" ފުރިހަމަކޮށް 2025 މެއި 14ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް ނުވަތަ މިއިދާރާގެ މެއިލް އެޑްރެސް [email protected] އަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. 

މިހެންވެ މިކަން އާންމުކޮށް އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.

05 މޭ 2025
ހޯދާ