ދިވެހިރާއްޖެ
އިޢުލާން
އައްޑޫ ސިޓީ މަރަދޫފޭދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާ ގުޅޭ
އައްޑޫ ސިޓީ މަރަދޫފޭދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުން ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 1500 އަކަފޫޓުގެ 76 ގޯއްޗެވެ. މި ގޯތިތައް ދޫކުރަނީ މަރަދޫފޭދޫގެ އަލަށް ހިއްކާފައިވާބިމުން، ލޭންޑް ޔޫސް ޕްލޭން ގައި ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުން ނެވެ.
މި 76 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ތިރީގައި މިވާ ގޮތަށް 2 (ދޭއް) ކެޓަގަރީއެއްގެ ދަށުންނެވެ.
ވީމާ، މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާ "އައްޑޫސިޓީ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދުކުރުމުގެ އުޞޫލު" ގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު" ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިއުންތަކާއެކު 24 ޖޫން 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މަރަދޫފޭދޫ އަވަށުއޮފީހަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.
ގޯއްޗަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 11 މޭ 2025 ވަނަ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:00 އަށެވެ. ގޯއްޗަށް އެދި ހުށަހަޅަންޖެހޭނީ އުސޫލާ އެއްގޮތްވާގޮތުގެމަތިން ފޯމުގެ އަސްލެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް އީމެއިލް އަދި ފޯނު މެދުވެރިކޮށް ތިރީގައިމިވާ ނަންބަރު ތަކަށް ގުޅުއްވުން އެދެމެވެ.
މި އިއުލާނާއެކު ތިރީގައިވާ ލިޔުންތައް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
- ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް (ކެޓަގަރީ A އަދި ކެޓަގަރީ B އަށް ކުރިމަތިލުމަށް އެދެންވާނީ އެ ކެޓަގަރީއަކަށް ކަނޑައެޅިފައިވާ ފޯމުންނެވެ.)
- އައްޑޫސިޓީއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު
- ގޯތި ދޫކުރާ ސަރަޙައްދު ދައްކުވައިދޭ ޗާޓު
- ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިފައިވާ ބިން ދޫކޮށްލުމަށް ވެވޭ އިޤްރާރު
- ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ތަރިކައިން ލިބެން އޮތްބިން ދޫކޮށްލުމަށް ވެވޭ އިޤްރާރު
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
07 ޛުލްޤަޢިދާ 1446
05 މޭ 2025