އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ ސިޓީ މަރަދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާ ގުޅޭ

އިޢުލާން

 

އައްޑޫ ސިޓީ މަރަދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާ ގުޅޭ

 

އައްޑޫ ސިޓީ މަރަދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުން ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 1500 އަކަފޫޓުގެ 175 ގޯއްޗެވެ. މި ގޯތިތައް ދޫކުރަނީ މަރަދޫގެ އަލަށް ހިއްކާފައިވާބިމުން، ލޭންޑް ޔޫސް ޕްލޭން ގައި ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުން ނެވެ.

މި 175 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ތިރީގައި މިވާ ގޮތަށް 2 (ދޭއް) ކެޓަގަރީއެއްގެ ދަށުންނެވެ.

 

ވީމާ، މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާ "އައްޑޫސިޓީ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދުކުރުމުގެ އުޞޫލު" ގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު" ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިއުންތަކާއެކު 24 ޖޫން 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މަރަދޫ އަވަށުއޮފީހަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.

ގޯއްޗަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 11 މޭ 2025 ވަނަ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:00 އަށެވެ.  ގޯއްޗަށް އެދި ހުށަހަޅަންޖެހޭނީ އުސޫލާ އެއްގޮތްވާގޮތުގެމަތިން ފޯމުގެ އަސްލެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް އީމެއިލް އަދި ފޯނު މެދުވެރިކޮށް ތިރީގައިމިވާ ނަންބަރު ތަކަށް ގުޅުއްވުން އެދެމެވެ.

އައްޑޫސިޓީ ކައުންސިލްގެ އިދާރާ

6885003

[email protected]

މަރަދޫ އަވަށު އޮފީސް

6890096

[email protected]

 

މި އިއުލާނާއެކު ތިރީގައިވާ ލިޔުންތައް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

  • ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް (ކެޓަގަރީ A އަދި ކެޓަގަރީ B އަށް ކުރިމަތިލުމަށް އެދެންވާނީ އެ ކެޓަގަރީއަކަށް ކަނޑައެޅިފައިވާ ފޯމުންނެވެ.)
  • އައްޑޫސިޓީއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު
  • ގޯތި ދޫކުރާ ސަރަޙައްދު ދައްކުވައިދޭ ޗާޓު
  • ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިފައިވާ ބިން ދޫކޮށްލުމަށް ވެވޭ އިޤްރާރު
  • ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ތަރިކައިން ލިބެން އޮތްބިން ދޫކޮށްލުމަށް ވެވޭ އިޤްރާރު

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

07 ޛުލްޤަޢިދާ 1446

05   މޭ   2025

05 މޭ 2025
ހޯދާ