މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުންގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ފިޒިކަލް ފިޓްނަސް ޓެސްޓާއި ގުޅޭ

      މި އޮފީހުގެ ނަންބަރު: (IUL)14-E1/1/2025/22 (10 އޭޕްރީލް 2025) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.

      "އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުގެ މަޤާމަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކޮށް މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ މިންގަނޑު" ގެ 8 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެ މަތިން ބޭސިކް ފިޒިކަލް ފިޓްނަސް ޓެސްޓަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެ ޓެސްޓު ބާއްވާނެ ތާރީޚާއި ތަނުގެ މައުލޫމާތު މިއޮފީހުން އަންގާނެ ކަމުގައި ދަންނަވަމެވެ. އަދި ފިޒިކަލް ފިޓްނަސް ޓެސްޓްގެ ބައިތައް ހިމެނޭ "ކަސްޓަމްސްގެ ވަޒީފާއަށް ވަނުމަށް ދެވޭ ބޭސިކް ފިޒިކަލް ފިޓްނަސް ޓެސްޓް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ތަފްސީލް" ކަރުދާސް މި އޮފީހުގެ ވެބްސައިޓުގައި  (https://www.customs.gov.mv/Media/Documents/careers)  އާންމުކުރެވިފައިވާނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.

      މިހާތަނަށް އާންމުކުރެވިފައިވާ މައުލޫމާތާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ ކަމެއް ސާފުކުރަން ބޭނުންވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު ވަޒީފާއަށް ކުރިމަތިލީ ފަރާތުގެ ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު އަދި ކުރިމަތިލީ މަޤާމު އެނގޭނެހެން އީމެއިލްކުރެއްވުން އެދެމެވެ.

05 މޭ 2025
ހޯދާ