ހިތަދޫ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (ދާއިމީ)

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:


J-405037

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ސ.ހިތަދޫ ސްކޫލް ، އައްޑޫ ސިޓީ ، ހިތަދޫ

މުސާރަ:

-/6295 ރުފިޔާ     

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

 

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

ރޭންކް

ސަޕޯޓިންގ ކޯ އެލަވަންސް 2

އެމް.އެސް 2

900.00 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލެވެންސް

މަހަކު   2203.25  ރުފިޔާ

(މުސާރައިގެ %35)

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ރަސްމީ ދުވަސްތަކުގައި ލައިބްރަރީ ހުޅުވާ ލެއްޕުން. އަދި ލައިބްރަރީ އިން ދަރިވަރުންނާއި ޓީޗަރުންނަށް ފޮތް ދޫކުރުން.
  2. މުސާރަ ޝީޓް ތައްޔާރުކުރުމާއި އިތުރުގަޑީގެ ރިޕޯޓް ތައްޔާރުކުރުން. މުވައްޒަފުންގެ މުސާރައިގެ ފައިސާ ހޯދުމަށް ކަމާގުޅޭ ޑޮކިއުމަންޓް ތަކާއެކު މިނިސްޓްރީއަށް ވައުޗަރ ފޮނުވުން.މުވައްޒަފުންނަށް މުސާރަ ދިނުމަށް ބެންކަށް ފޮނުވަންޖެހޭ ޑޮކިއުމަންޓްތައް ތައްޔާރުކުރުމާއި ފޮނުވުން.ޕެންޝަން އަޕްލޯޑުކުރުން. ކްރެޑިޓް ސްކީމް ފައިސާ ޖަމާކުރުން.
  3. ސްކޫލަށް ބޭނުންވާ ކެޕިޓަލްތަކެތި ހޯދުމަށް މިނިސްޓްރީން ހުއްދަހޯދުން.
  4. ވައުޗަރތަކުގެ ފައިލްތައް ބެލެހެއްޓުން.އެގޮތުގެ މަތިން އެޑްވާންސް ފައިސާގެ ވައުޗަރ ފައިލު، ބަޖެޓް ޚަރަދުތަކުގެ ވައުޗަރ ފައިލު އަދި އެހެނިހެން ފަންޑުތަކުގެ ވައުޗަރ ފައިލް (ކޮންމެ ފަންޑެއް ވަކީން) ބެލެހެއްޓުން.
  5. ސްކޫލްގެ ފަރާތުން އެހެނިހެން ފަރާތްތަކާއި ޙަވާލު ކުރަންޖެހޭ ފައިސާތައް ޙަވާލު ކުރުން.
  6. ސްކޫލްގެ ކުރީއަހަރަށް ލަފާކުރާ ބަޖެޓް މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން ތައްޔާރުކޮށް ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުން.
  7. ސްކޫލްގެ އެކައުންޓްތަކުން ކުރެވޭ ޚަރަދުތަކަށްފައިސާ ހަވާލްކުރުން.މިގޮތުން ފައިސާދެއްކުމަށް ތައްޔާރުކުރެވޭ ވައުޗަރގެ ތަކުގެ ސަޕޯޓިންގ ޑޮކިއުމަންޓް ހަމައަށްހުރިތޯ ޗެކްކުރުމާއި އެކު ޗެކްތައް ހަދައި ފައިސާ ޙަވާލުކުރުމަށް ކުރެވޭ އެންމެހާ މުއާމަލާތެއް މާލިއްޔަތު ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން ކުރިޔަށް ގެންދިޔުން.
  8.  ބީ.އެމް.އެލްގައި އޮންނަ ސްކޫލްގެ ބަޖެޓާއި ޕީޓީއޭ ފަންޑާއި ސްކޫލްގެ އެހެނިހެން ފަންޑްސް ތަށް ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތީން އަޕްޑޭޓް ކޮށް ބެލެހެއްޓުމާ ކޮންސިލްކުރުން.
  9. ސްކޫލުން ޚަރަދުކުރާ ބަޖެޓާ އަދި އެހެނިހެން ފަންޑްސްތަކުގެ ރިޕޯރޓް މަހުންމަހަށް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  10. އަހަރުން އަހަރަށް ތައްޔާރުކުރެވޭ ސްކޫލްގެ ފައިނެންޝިއަލް ރިޕޯރޓް ހަދައި ކަނަޑައެޅިފައިވާ މުއްދަތަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  11. ތިޖޫރީ ބެލެހެއްޓުން.ތިޖޫރީ ބާކީ ފޮތް ބަރާބަރަށް އަޕްޑޭޓްކުރުން. ތިޖޫރީއަށް ވަންނަ ފާއިސާ ޤަވާއިދުން ބެންކަށް ޖަމާކުރަމުން ގެންދިއުން. ދުވަހުން ދުވަހަށް ތިޖޫރީ އަޕްޑޭޓް ކުރުމާ ހަފްތާއިން ތިޖޫރީ ރިޕޯރޓް ހެދުމާ އަދި މަހުންމަހަށް ތިޖޫރީ ރިޕޯޓް ހެދުން.
  12. ސްކޫލަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް ހޯދުން. އެގޮތުގެ މަތިން ތަކެއްޗާއި ޚިދުމަތް ހޯދުމަށް ހުއްދަ ހޯދުމާއި ތަކެއްޗާއި ޚިދުމަތަށް  ޕާރޗޭސް އޯޑަރ (ރިކުއެސްޓް) ފޮނުވުމަށްފަހު ތަކެއްޗާއި ޚިދުމަތް ލިބުމުން ބަލައިގަތުން. އަދި ބިލް/އިންވޮއިސް ރަޖިސްޓްރީގައި ރަޖިސްޓްރީކުރުން. 
  13. ބިލް ރެޖިސްޓްރީ ބެލެހެއްޓުން. ސްކޫލަށް ލިބޭ ހުރިހާ ބިލް/އިންވޮއިސްތައް ސްކޫލްގެ މެއިން އެންޓްރީގައި ރެޖިސްޓްރީ ކުރެވިފައިވާކަން ޔަޤީންކުރުމަށްފަހު ސްކޫލަށް ލިބޭ ހުރިހާ ބިލްއިންވޮއިސްތައް ބިލްރެޖިސްޓްރީގައި ރެޖިސްޓްރީކޮށް، އެރެޖިސްޓްރީ ފުރިހަމަކުރަމުން ގެންދިއުން. އަދި ފައިސާ ނުދައްކައި ހުންނަ ބިލްތައް/އިންވޮއިސްތައް ފައިލްކުރުން.
  14. ސްކޫލަށް ލިބޭ ހުރިހާ ފައިސާއެއް ރަސީދުން ބަލައިގަތުން.ބަލައިގަންނަ ހުރިހާ ފައިސާއެއް ރަސީދުތަކާ އެއްގޮތަށް ދުވަހުފޮތަށް ވެއްދުން. އަދި އެދުވަހަކު ލިބޭ ފައިސާއެއް ހަމައެދުވަހު ތިޖޫރީއަށް ވެއްދުމަށްޓަކައި ތިޖޫރީ ބަލަހައްޓާ މުވައްޒަފާއި ލިޔުމުން ޙަވާލުކުރުން.
  15. ބީލަންތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ފުރިހަމަކުރުން.އެގޮތުގެ މަތިން އިޢުލާން ތައްޔާރުކޮށް ގެޒެޓް ކުރުމާއި ، މަޢުލޫމާތު ތައްޔާރުކުރުން. އަދި މަޢުލޫމާތު ސާފުކުރާ ފަރާތްތަކުގެ ޙާޒިރީ ހެދުމާއި އަންދާސީ ހިސާބު ބަލައިގަތުމަށްފަހު އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރުމަށް ކޮމިޓީއަށް ފޮނުވުން.ބިޑު އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުން އިންތިޒާމްކޮށް ބިޑު އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގެ މެމްބަރުންގެ ޙާޒިރީ ބަލަހައްޓާ ބިޑު އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގެ ޔައުމިއްޔާ ލިޔެ، ބެލެހެއްޓުން. އިވެލުއޭޝަން ނިމުމުން، ނިމުނުގޮތް ބީލަން ހުށަހެޅި ފަރާތްތަކަށް އެންގުމާއި އެގްރިމެންޓްކޮށް އެބިޑު އެވޯޑުކުރުމާއި މަސައްކަތް ސުޕަވައިޒް ކުރެވޭނެ ނިޒާމެއް ހަމަޖެއްސުމާއި މަސައްކަތް ނިމުމުން މަސައްކަތް  ބަލައިގަނެ ބަލައިގަތްކަމުގެ ލިޔުން ތައްޔާރުކުރުން.

 

 

މަޤާމްގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1.   މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.

  މަޤާމުގެ ތަޢުލީމީ ރޮނގުތައް

  • އެކައުންޓިންގ
  • އެޑްމިނިސްޓްރޭޝަން  
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ފައިނޭންސް
  • މެނޭޖްމަންޓް  
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިންތައް:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަން

މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://tinyurl.com/CSC-Application-Form

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުމުން (%30)
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމު (%5)
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިން އާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް (%5)
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (%5)
  5. އެސަސްމަންޓް ( އިމްތިހާން ނުވަތަ ޕްރެކްޓިކަލް) (%20)
  6. އިންޓަރވިއު (%35)

ނޯޓް: މަގާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމްލަ 60 އިން ފެށިގެން މަތިން ޕޮއިންޓް ލިބެންވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 މޭ 2025 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، ސ.ހިތަދޫ ސްކޫލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

 މި މަޤާމަށް  މީހަކު  ހޮވުމަށް  ބޭއްވޭ  އިންޓަވިއު  އޮންނާނީ 13 މޭ 2025 އާއި 15 މޭ 2025 އާ ދެމެދު، ސ.ހިތަދޫ ސްކޫލް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6886908 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

7 ޛުލްޤައިދާ 1446

ޑރ. އާސިޔަތު މުހައްމަދު ދީދީ  

ޕްރިންސިޕަލް

05 މޭ 2025
ހޯދާ