ދިވެހިރާއްޖެ
މުލަކަތޮޅު އަތޮޅު ކައުންސިލްގެ ފަރާތުން މެއި 15 ގައި މ. ކޮޅުފުށީގައި ބޭއްވުމަށް ނިންމާފައިވާ އަތޮޅު ފުޓްސަލް މުބާރާތުގައި ބައިވެރިވާ މި ކައުންސިލްގެ ފުޓްސަލްޓީމް މުބާރާތައް ތައްޔާރުކުރުމާއި، މުބާރާތުގެ މެޗް ތަކުގައި ވާދަކުރުމުގެ އެންމެހައި އިންތިޒާމް ހަމަޖައްސައި، ޓީމްގެ ކަންތައްތައް މެނޭޖްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ މ. ނާލާފުށީގެ ކްލަބް ޖަމިއްޔާތަކަށް މި އިއުލާނާއި އެކުގައިވާ މައުލޫމާތު ކަރުދާހާއި އެއްގޮތްވާގޮތުގެ މަތިން ޓީމްގެ ކަންތައްތައް ރާވައި ހިންގާނެ ގޮތުގެ ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ޕްރޮޕޯސަލް ހުށައަޅަންވާނީ މި އިއުލާނާއިއެކު އާންމުކޮއްފައިވާ މައުލޫމާތު ޝީޓް ޖަދުވަލް 1 ގައިވާ ގޮތުގެ މަތިންނެވެ.
ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު 10 މެއި 2025 ވަނަ ދުވަހުގެ 13:00 އާއި ހަމައަށް ހުޅުވާލެވިފާކަމުގައި ދަންނަވަމެވެ. ޕްރޮޕޯސަލް މެއިލްކުރައްވާނީ [email protected] އަށެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.