ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރީން ހޯދުން

                               އިއުލާން

 ރުއްގަހުގެ ވެރީން ހޯދުން

 

                   މިރަށުގައި ޕޮލިސް ސްޓޭޝަނެއް އެޅުމަށް އަލައް އިމާރާތްކުރަމުންދާ ކޯޓު އިމާރާތުގެ އުތުރުން ޣާޒީމަގާ އިންވެގެން ދޫކޮށްފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރީން ހޯދުމަށް ބޭނުންވާތީ އެބިމުގައި ހުރި ރުއްގަހުގައި ހުދުކުލައިގެ ދަވާދުން ނަމްބަރު ޖަހައިފައިފައި ވީނަމަވެސް މިހާރު އެބިމުގެ އުތުރުންވާ ބިމަށް ޕޮލިސް ޕޯސްޓްއަޅާބިން  ބަދަލުކުރެވިފައިވާތީ  އިންޖީނުގޭ ދެކުނުން ޣާޒީމަގާ އިންވެގެން ހުޅަގުން ދޫކުރެވިފައިވާ ބިމުގައިހުރި ރުއްގަހުގެ ބަދަލު ހަމަޖެއްސުމަށްބޭނުންވާތީ ކައުންސިލުންވާނީ ރުއްގަހުގެ ވެރީން ހޯދުމަށްޓަކައި ކަޅުކުލައިގެ ދަވާދުން 1 އިން ފެށިގެން 28 ނަމްބަރު ޖަހައިފައެވެ.

                   އެހެންކަމުން 22 އެޕްރީލު 2025 ގައި މިއިދާރާއިން ކޮށްފައިވާ 14/2025/387/387 (އައި، ޔޫ، އެލް) އިއުލާން ބާތިލުކުރެވިފައިވާކަން އެންގީމެވެ.

                   ވީމާ، މަތީގައި ދެންނެވިފައިވާ ބިމުގައިހުރި ރުއްގަހުގެ ވެރިފަރާތެއްވާނަމަ 7 މޭ 2025  ވަނަ ދުވަހުގެ 14.00 ގެ ކުރިން ގަސް ނުވަތަ ރުކުގައި ކައުންސިލުން ޖަހައިފައިވާ ނަމްބަރ އެނގޭގޮތައް މިއިދާރާއަށް އަންގަވައި ދެއްވުން އެދި އާންމުކޮށް އިއުލާންކުރީމެވެ.

                   06 ޒުލްގައިދާ 1446

                 04 މެއި     2025

04 މޭ 2025
ހޯދާ