ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ނީލަންކިޔުން

            މިކޯޓުގައި ނީލަމުގައި ވިއްކާލުމަށް ބޭނުންވެފައިހުރި ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔުން 16 މޭ 2025 (ހުކުރަ) ދުވަހުގެ ހަވީރު 16:00 ގައި މިކޯޓުގައި އޮންނާނެއެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު 18 މޭ 2025 (އާދިއްތަ) ދުވަހުގެ 12:00 ގެ ކުރިން ދައްކަވާ ނިންމަވަން ވާނެއެވެ. މިމުއްދަތުގައި ފައިސާ ނުދައްކަވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަންކިޔޭނެއެވެ. ނީލަމުން ނެންގެވި ތަކެއްޗަށް ފައިސާދައްކަވާފައިވާ ފަރާތްތަކަށް ތަކެތި ދޫކުރުން 18 މޭ 2025 (އާދިއްތަ) ދުވަހުގެ 12:00 ން ފެށިގެން 14:00 އަށް މިކޯޓުގައި އޮންނާނެއެވެ. މިނީލަމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިކޯޓުގެ އެދުމެކެވެ. ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

ޢަދަދު

ތަފްޞީލް

ނީލަންފެށޭ އަގު (ރުފިޔާ)

ފަހަރަކު މަދުވެގެން އިތުރުކުރެވޭ ޢަދަދު (ރުފިޔާ)

1

 ބެންޗްޗެއަރ (4 ގޮނޑީގެ)

162.50

5.00

2

 ބެންޗްޗެއަރ (4 ގޮނޑީގެ)

162.50

5.00

3

 އެއަރކަންޑީޝަން 9000 ބީޓީޔޫ

1100.00

5.00

4

 އެސްލޯނު ހޮޅިބުރިތަކެއް (ދެ އިންޗި   ބައި)

513.00

2.00

05 މޭ 2025
ހޯދާ