ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
މި ސްކޫލުގެ ކުލާސްރޫމްތަކުގެ އަސްކެނި ސީލިން މަރާމާތުކޮއްދޭނެ ފަރާތެއް ހޯދުން

އިއުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މި ސްކޫލުގެ ކުލާސްރޫމްތަކުގެ އަސްކެނި ސީލިން މަރާމާތުކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާން ނަމްބަރ :IUL)GS-103/GS-103/2025/6)ގެ ބިޑްޑޮކިޔުމަންޓްގައި މައްސަލައެއް އުޅޭތީވެ، އެ އިއުލާން ބާތީލްކޮށް އަލުން   ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  3. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް  2025 މެއި 05 ން 2025 މެއި 08 ވަނަ ދުވަހުގެ 10:00ގެ ނިޔަލަށް ތިރީގައިވާ ގޫގަލް ފޯމުން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.  ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.  

    ގޫގަލް ފޯމް ލިންކް: https://forms.gle/qKAe5UY8jF6cr4T28
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 މެއި 8 ވަނަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  5. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2025 މެއި 08 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.
  6. ބީލަން ހުޅުވުން އޮންނާނީ 2025 މެއި 14 ވާ ބުދަ ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.
  7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    ބިލެތްފަހީ ސްކޫލް / ށ.ބިލެތްފަހި

    ފޯން: 6540580                   
    އީ-މެއިލް: [email protected]
05 މޭ 2025
ހޯދާ