ދިވެހިރާއްޖެ
އިޢުލާން
ނީލަން ކިޔުމާއި ގުޅޭ
ރ.މާކުރަތު ކައުންސިލްގެ އައު އިމާރާތް އަޅާ ސަރަޙައްދުގައި ހުރި ބައެއް ރުއްގަސް ނީލަން ކިޔުމަށް ބޭނުންވެއެވެ. ނީލަން ކިޔުން 09 މެއި 2025 ވާ ހުކުރު ދުވަހުގެ 16:00 ގައި އައު ކައުންސިލް އަޅާ ސަރަޙައްދުގައި އޮންނާނެ ވާހަކަ ދަންނަވަމެވެ.
މިހެންކަމުން މިނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން ފެށޭ ގަޑިއަށް މި ކައުންސިލްގެ އިދާރާއަށް (އިދާރާގެ ކުރިމަތި ) ޙާޟިރުވެދެއްވުން އެދި ދަންނަވަމެވެ. އަދި މި ނީލަމުން ނަންގަވާ ތަކެއްޗަށް ރަސްމީ 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކަންވާނެއެވެ. ފައިސާ ދައްކާ 7 ދުވަސް ތެރޭފައި ރުއްގަސް ނުނަގާ ބިން ސާފުނުކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން މި ތަކެއްޗަށް ޢަމަލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ އަދި މިއިއުލާނާއެކު ނީލަން ކިޔުމަށް ހަމަޖެހިފައިވާ ރުއްގަހުގެ ލިސްޓް އާންމުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
06 ޛުލްޤަޢިދާ 1446