މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2025 އަތޮޅު ޤުރުއާން މުބާރާތަށް ބައިވެރިން ހޮވުމަށް ބާއްވާ އޮޑިޝަނާއި ގުޅޭ

މިއަހަރުގެ ރ.އަތޮޅު ޤުރުއާން މުބާރާތުގައި ވާދަކުރާނެ ދަރިވަރުން ކަނޑައެޅުމަށްޓަކައި،ބާއްވާ އޮޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު އަލިފުށީ ސްކޫލުގައި މިހާރު ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންނަށް ހުޅުވާލަމެވެ.

މި އޮޑިޝަންގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން 2025 މޭ 14 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އޮޑިޝަނުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު، މިއިދާރާއަށް ހުށަހެޅުން އެދެމެވެ. "އޮޑިޝަނުގައި ބައިވެރިވުމަށް އެދޭ ފޯމު" މިކައުންސިލުންނާއި، އަލިފުށީ ސްކޫލު ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އޮޑިޝަންގެ ޤަވާއިދު މި އިޢުލާނާއި އެކު ހިމަނާފައިވާނެއެވެ. 2025 ވަނަ އަހަރު އަލިފުށީ ސްކޫލު ގުރޭޑް 11އަށް އަލަށް ވަނުމަށް ހަމަޖެހިފައިވާ ދަރިވަރުން ފޯމާއެކު ސްކޫލަށް ވަނުމަށް ނިންމާފައިވާކަމުގެ، ބެލެނިވެރިޔާގެ ސިޓީއެއް ހުށަހަޅަންވާނެއެވެ.  

އޮޑިޝަންގެ ފުރަތަމަ ބުރު،ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 މޭ 29، 30، 31 ވަނަ ދުވަހު ގައެވެ.

ވީމާ، މި ކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

06  ذوالقعدة  1446

04 މޭ 2025
ހޯދާ