މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅު ކައުންސިލް އިދާރާ ގޯތީގެ ވަށާފާރުން ބައެއް ތަޅާލާ އަލުން މަރާމާތު ކުރުމާބެހޭ

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު 

އަތޮޅު ކައުންސިލް އިދާރާ ގޯތީގެ ވަށާފާރުން ބައެއް ތަޅާލާ އަލުން މަރާމާތު ކުރުމާބެހޭ

މިއިދާރާގެ ނަންބަރު: (IUL)230-AHI/230/2025/26 އިޢްލާނާއި ގުޅިގެން، މިއިދާރާގެ ގޯތީގެ ވަށާފާރުން ބައެއް ތަޅާލާ، އަލުން މަރާމާތު ކުރުމުގެ މަސައްކަތަށް އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅުއްވާފައިނުވާތީ، އެކަމަށްއެދި އަލުން ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފީމެވެ.

                        ވީމާ، މިއިދާރާގެ ފަރާތުން ފޯރުކޮށްދޭ މައުލޫމާތުތަކާއި އެއްގޮތަށް، މިމަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 މެއި 2025 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން  [email protected] އަށް އީމެއިލް ކުރައްވައިގެން ނުވަތަ މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު  08 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 10.30 ގައި މިއިދާރާއަށް ކޯޓޭޝަން  ހުށަހެޅުއްވައި ދެއްވުމަށް ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

                        06   ޛުލްޤައިދާ  1446

04 މޭ 2025
ހޯދާ