ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ފިނޭއިން ދޫކޮށްފައިވާ ގެވަޅުތަކާއި އިންވެގެންހުރި ބައެއް މަގުތަކުގައިވާ ރައްޔިތުންގެ ރުއްގަހުގެ ވެރިން ހޯދުމަށް

މި ރަށުން ދޫކުރެވިފައިވާ ގެވަޅުތަކާއި އިންވެގެން ހުރި މަގުތައް ހެދުމުގެ މަސައްކަތް ކުރުމަށްޓައި  މި އިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ސަހަރައްދުތަކުގައިވާ ރައްޔިތުންގެ ފަތްކެޔޮ މިއަދުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ނެންގެވުން އެދެމެވެ.  އަދި އެ ސަރަހައްދުތަކުގައިވާ ރުއްގަސްތަކުގެ ވެރިން 11 މެއި 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ދުރުވެ ރުއްގަހުގެ އަދަދު ނޯޓްކުރެއްވުން އެދެމެވެ. މި ރުއްގަސްތަކުގައި ނޫކުލައިން (×) ފާހަގަޖަހާފަ ހުންނާނެއެވެ. މި މުއްދަތުގައި ނަންބަރު ނުޖަހާ ހުންނަ ރުއްގަހާމެދު ޤާނޫނު ނަންބަރު 98/21 (މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ  ޤާނޫނު) ގެ ދަށުން ޢަމަލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

04 މޭ 2025
ހޯދާ