މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ކުޑަފަރީގެ ކުނި މެނޭޖްކުރުމުގެ ޤަވާއިދާ ގުޅޭ

ރައްކާތެރިގޮތެއްގައި ކުނި މެނޭޖްކުރުމުގެ ގަވާއިދާއި ޚިލާފަށް އަދިވެސް ބައެއް ގޭބިސީތަކުން އަމަލުކުރަމުންދާތީ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް މިތަކެތި ގެނެސް ރައްކާތެރިގޮތެއްގައި ބެހެއްޓުމަށްޓަކައި ގިނަ ދަތިތަކާއި ކުރިމަތިވެއެވެ. ޚާއްސަގޮތެއްގައި މިދުވަސްވަރުގައި ބަދިގެ ބާކީ އާއެކު ނާއްޓާއި އެކިތަކެތި އެއްކޮށްފައި ހުންނަކަން ފާހަގަ ވެއެވެ. އަދި  ނެޕީ އާއި ޕެޑް ފަދަތަކެތި ގޭބިސީތަކުން ދޭއިރު އެއްވެސް ވަރަކަށް ބަންދުކޮށްފައި ނުހުންނަކަން ފާހަގަ ކުރަމެވެ.

ރަށު ފެންވަރުގައި ރައްކާތެރި ގޮތެއްގައި ކުނިމެނޭޖް ކުރުމަކީ ހުރިހާ ފަރާތްތަކުން ގުޅިގެން ހައްލު ކުރެވޭނެ މައްސަލައަކަށްވާއިރު މަދުންނަމަވެސް ގޭބިސީތަކުން މިފަދަ އަމަލުތައް ތަކުރާރުކުރަމުން ގެންދާކަން ފާހަގަ ކުރަމެވެ. ވީމާ، ގޭބިސީތަކުން ކުނިމެނޭޖް ކުރުމުގެ ގަވާއިދާއެއްގޮތައް އަމަލުކުރުމަށް ނަސޭހަތްތެރިވަމެވެ.

04 މޭ 2025
ހޯދާ