ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެސްޓްހައުސް އާ ކުޑަކުދިންގެ މައިޒާން ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން

                  (IUL)403-A/403/2025/57:ނަންބަރު                                                                         

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

                ލ.މާމެންދޫ ރައްޔިތުންގެ ގެސްޓްހައުސް އާ ކުޑަކުދިންގެ މައިޒާން ކުނިކަހާ ސާފުކުރުމުގެ މަސައްކަތްތައް، މީލާދީ 2 އަހަރު ދުވަހަށް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެ، މި އިދާރާއިން ކޮށްފައިވާ ނަންބަރު (IUL)403-A/403/2025/53   )22 އޭޕްރީލް 2025) އިޢުލާނާ ގުޅިގެން، ހުޅުވާލެވުނު ބީލަމުގައި ބައިވެރިވުމަށް އެކަށީގެންވާ ޢަދަދަކަށް މީހުން ރަޖިސްޓްރީވެފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް، 2 ވަނަ ފަހަރަށް ދެންނެވިފައިވާ މަސައްކަތް ކޮށްދިނުމަށް އިޢުލާން ކުރަމެވެ.  މިމަސައްކަތަށް ހުށަހެޅޭނެ އެންމެ މަތީ އަގަކީ މީލަދީ މަހަކަށް 2,800.00 (ދެހާސް އަށްސަތޭކަ) ރުފިޔާ އެވެ.

ތަފްޞީލް

ދުވަސް

ތަން

ބީލަމުގައި ރަޖިސްޓްރީވުން

7 މޭ 2025 ވާ ބުދަ ދުވަހުގެ 13:00  އާއި ހަމައަށް

ލ.މާމެންދޫ ކައުންސިލް އިދާރާ

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

މި ބީލަމާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.

ބީލަން ހުށަހެޅުން

13 މޭ 2025

(އަންގާރަ)

11:30 ގައި

ލ.މާމެންދޫ ކައުންސިލް އިދާރާ

       

       

     މި ޕްރޮޖެކްޓާއިބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 8 މޭ 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ކައުންސިލް އިދާރާއިންނާއި ފޭސްބުކް ޕޭޖުން އިޢުލާނާއިއެކު ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަން ރަޖިސްޓްރީވުމަށްދީފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީކޮށް އަދި ބީލަންފޮތް ވިއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ބީލަންފޮތް ގަންނަ ފަރާތްތަކަށް އެކަނި

 

ކަމުގައި ދަންނަވަމެވެ. އޮންލައިންކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޯމް މެއިލް  ކުރެވިދާނެއެވެ.  ބީލަން ފޮތް 05 މޭ 2025 ވާ ހޯމަ  ދުވަހުން  ފެށިގެން 12 މޭ 2025 ވާ ހޯމަ

 ދުވަހުގެ 12:00 އާއި ހަމައަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޮތުގެ އަގަކީ -/100 (ސަތޭކަ) ރުފިޔާ އެވެ.

* ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ / ލ.މާމެންދޫ

* އީމެއިލް: [email protected]

* ފޯން: 6800705

              ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

              06 ޛުލްޤަޢިދާ 1446ހ

04 މޭ 2025
ހޯދާ