ދިވެހިރާއްޖެ
މިރަށު ޤަބުރުސްތާނާއި ބޯޅަދަނޑު ސަރަހައްދު ނޮޅައި ސާފުކުރަން ބޭނުންވެއްޖެއެވެ. އެގޮތުން އެތަންތަނުގެ އެތެރޭގައިހުރި ގަސްތަކުގެ ތެރެއިން ތިރި ކޮށަންޖެހޭ ގަސްތަކުގެ ތިރިކޮށައި، ނަގަންޖެހޭ ކުދިގަސްގަސް ބުޑާއެކު ނަގައި، ޤަބުރުސްތާނު އެތެރެއިން ދެކުނު ފަރާތާއި އިރުމަތީ ފަރާތުން ރަގަޅަށް ހޭޅިޖަހައި، މިތަންތަނުގެ އެތެރެއިން ރަގަޅަށް ވިނަނޮޅައި ރީތިކޮށް ބިން ފެންނަވަރަށް ސާފުކުރުމާއި، ގަސްގަސް ނެގުމުގެ ސަބަބުން ވަޅުގަނޑު ހެދިފައިވާނަމަ ވަޅުގަނޑުތަކަށް ފަސްއަޅައި އެއްވަރުކުރުމާއި، މިތަންތަނުން ނެގޭ އަންދާކުނިތައް ކުނި އަންދާ ސަރަޙައްދު ކައިރީގައި ކައުންސިލުން އަންގާ ތަނެއްގައި އަންދައި ބިން ސާފުކުރުމާއި، އެހެނިހެން ކުނިބުނިތައް ހަމަޖެހިފައިވާ އުޞޫލުން ނައްތާލަންވާނެއެވެ.
މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 13 މެއި 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން މަސައްކަތްކޮށްދޭނެ އަގު އަދި މުއްދަތު ބަޔާންކޮށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 07 މެއި 2025ގެ 9:00 ށް ކައުންސިލަށް ދުރުވެދެއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.