ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
"އޮލިމްޕިކްސް – އެލް.އޭ 2028 ސްކޮލަރޝިޕް" ބައިވެރިވުމުގެ ފުރުޞަތު

2028 ވަނަ އަހަރު ލޮސް އެންޖެލެސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްއަށް އެތްލީޓުން ތައްޔާރުކުރުމުގެ ގޮތުން 1 ސެޕްޓެމްބަރ 2025 އިން 31 ޖުލައި 2028 އަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން އެތްލީޓުންނަށް ސްކޮލަރޝިޕް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ފަރާތުން 1 އަންހެން އަދި 1 ފިރިހެން އެތްލީޓުގެ ނަން ފޮނުވުމުގެ ފުރުޞަތު ލިބިފައިވާތީ މި ސްކޮލަރޝިޕްއަށް ޝޯޓްލިސްޓް ވުމަށް ނަން ހުށައެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި ސްކޮލަރޝިޕް އަށް ނަން ހުށައެޅުމަށް ޝައުޤުވެރިވާ އެންމެހާ ކުޅުންތެރިން ތިރީގައިމިވާ މަޢުލޫމާތު ހިމެނޭހެން 08 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ  16:00ގެ ކުރިން  މި އެސޯސިއޭޝަނަށް އީމެއިލް ކުރެއްވުން އެދެމެވެ.

  • އެތްލީޓުގެ ތަފްޞީލީ ވަނަވަރު
  • އެތްލީތު މިހާތަނަށް ހާޞިލްކޮށްފައިވާ ކާމިޔާބީ ތަކުގެ ތަފްޞީލް

 

އިތުރު މަޢުލުމާތު ބޭނުންފުޅުވެލައްވާނަމަ 7778722 7779140 ނަންބަރާއި ގުޅުއްވުން ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

01 މޭ 2025
ހޯދާ