މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ލީގަލް ކޮންސަލްޓަންޓެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު 

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ތަޢުލީމީ ޤާނޫނަށް (ޤާނޫނު ނަންބަރު: 24/2020) ގެންނަންޖެހޭ އިސްލާހުތައް ޑްރާފްޓްކޮށް، މިހާރު ހުރި ސިޔާސަތުތަކާއި ގަވާއިދުތައް ތަޢުލީމީ ޤާނޫނާ އެއްގޮތްކުރުމަށް ލީގަލް ކޮންސަލްޓަންޓެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ޓަރމްސް އޮފް ރެފަރަންސް:

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ "ޓަރމްސް އޮފް ރެފަރަންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ.

 

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 މޭ 05 ވަނަ ދުވަހުގެ 11:00 ގެ ކުރިން މި އިޢުލާނުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

ޕްރޮޕޯސަލް ހުށައެޅުން:

މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން2025 މޭ 07 ވަނަ ދުވަހުގެ 11:00ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް، "ޓަރމްސް އޮފް ރެފަރެންސް" ގައި ބަޔާންކުރާ ލިޔެކިޔުންތައް ހިމެނޭގޮތަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ލިންކު: https://bit.ly/42X4Swp

ސީ.ސީއީ-މެއި    

ޕްރޮޕޯސަލް އެޑްރެސް ކުރައްވީ ފަރާތް:

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                            

އީ-މެއިލް: [email protected]

ފޯން: 3041242,3041249

01 މޭ 2025
ހޯދާ