ދިވެހިރާއްޖެ
ރުއްގަސް ކަނޑާ ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:(IUL)264/PRIV/2025/19 (10 ފެބްރުވަރީ 2025) އިޢުލާން ވަނީ ބާޠިލު ވެފައެވެ. ވީމާ، މިމަސައްކަތައް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
ބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން 12 މެއި 2025 ވާ (ހޯމަ) ދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވުމަށް މިއިދާރާގެ ނަންބަރ 6520043 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް ބޭނުންކޮށްގެން ރަޖިސްޓްރީ ކުރަންވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
ބީލަމުގައި ނަންނޯޓް ކުރުމުގެ ލިންކް: https://forms.gle/8f6WEpuC6PrdLZSi6
ތަފްޞީލް |
ތާރީޚް |
ގަޑި |
ރަޖިސްޓަރ ވުމުގެ ސުންގަޑި |
12 މެއި 2025 ވާ (ހޯމަ) |
13:00 |
އަންދާސީ ހިސާބު ހުށަހެޅުން |
13 މެއި 2025 (އަންގާރަ) |
11:00 |
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ނޮޅިވަރަމް ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. |
އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ނޮޅިވަރަމު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެއްޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.
ފޯން: 6520043
އީ-މެއިލް: [email protected]