މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ބަލަހައްޓާ ބަލިމީހުންނަށް ބޭނުންވާ ނެޕީ 1 އަހަރު ދުވަހުގެ މުއްދަތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

                      އިޢުލާން

ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ބަލަހައްޓާ ބަލިމީހުން ޖެހުމަށް ބޭނުންވާ ނެޕީ 1 އަހަރު ދުވަހުގެ މުއްދަތަށް ސަޕްލައިކޮށްދޭނެ ފަރާތެއް  ހޯދުމަށް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 30 އޭޕްރިލް 2025 ވާ ބުދަ ދުވަހުން ފެށިގެން 12 މެއި 2025 ވާ  ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 19 މެއި 2025 ވާ ހޯމަ ދުވަހުގެ މެންދުރުފަސް 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 15 މެއި 2025 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                             2 ޛުލްޤަޢިދާ 1446ހ.

30 އެޕްރީލް 2025
ހޯދާ