މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މި އޮފީހުގެ ނަންބަރު: (IUL)14-E1/1/2025/22 (10 އޭޕްރީލް 2025) އިޢުލާނާއި ހަވާލާދީ

މި އޮފީހުގެ ނަންބަރު: (IUL)14-E1/1/2025/22  (10 އޭޕްރީލް 2025) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.

ހަވާލާދީފައިވާ އިޢުލާނުގައި ދެންނެވިފައިވާ އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުންގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓެޓަސް، މި އޮފީހުގެ ވެބްސައިޓު (www.customs.gov.mv) ގެ ހޯމް ޕޭޖްގެ "ރެކްރޫޓްމަންޓް ސްޓެޓަސް" އިން ބެލެން ހުންނާނެ ވާހަކަ ދެންނެވީމެވެ. އަދި ދަންނަވަމެވެ. އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުންގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުޠުހަމަވާ ފަރާތްތަކަށް އިމްތިޙާން ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެ،  ކަސްޓަމްސްގެ ސައުތު ރީޖަނަލް ހެޑް އޮފީސް (މަރަދޫ، އައްޑޫ ސިޓީ) އަދި ކަސްޓަމްސްގެ ނޯތު ރީޖަނަލް ހެޑް އޮފީސް (ހދ. ކުޅުދުއްފުށީ) ގައެވެ. އަސާސީ ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން މާލެ ފިޔަވައި މަތީގައި ބަޔާންކޮށްފައިވާ މަރުކަޒެއްގައި އިމްތިޙާން ހެދުމަށް ބޭނުންވާ ފަރާތްތައް، ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު އަދި އިމްތިޙާން ހެދުމަށް ބޭނުންވާ މަރުކަޒު އެނގޭނެހެން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް ކުރުމުގެ ސުންގަޑިއަކީ 2025 މޭ 03 ވަނަ ދުވަހުގެ 14:00 އެވެ.

އިމްތިޙާން ބާއްވާނެ ތާރީޚާއި ތަނުގެ މައުލޫމާތު އެފަރާތްތަކަށް އަންގާނެ ކަމުގައި ދަންނަވަމެވެ. އިމްތިޙާނާއި ބެހޭ މައުލޫމާތާއި އިމްތިޙާނުގެ މުގައްރަރުގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ ނަމޫނާ ސުވާލު ކަރުދާސް މި އޮފީހުގެ ވެބްސައިޓުގެ ޑައުންލޯޑްސް (https://www.customs.gov.mv/Media/Materials/careers) އިން ފެންނަން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

 މިހާތަނަށް އާންމުކުރެވިފައިވާ މައުލޫމާތާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ ކަމެއް ސާފުކުރަން ބޭނުންވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު ވަޒީފާއަށް ކުރިމަތިލީ ފަރާތުގެ ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު އަދި ކުރިމަތިލީ މަޤާމު އެނގޭނެހެން އީމެއިލްކުރެއްވުން އެދެމެވެ. 

30 އެޕްރީލް 2025
ހޯދާ