ދިވެހިރާއްޖެ
ކަލާފާނުސްކޫލް
މާލެ . ދިވެހިރާއްޖެ
KS-B/IUL/2025/04އިއުލާން ނަންބަރު:
ނަންބަރު އިއުލާން ކެންސަލް ކޮށް އަލުން އިއުލާން ކުރުން KS-B/IUL/2025/03
މިސްކޫލްގެ KS-B/IUL/2025/03 ިއުލާން އަށް އެކަށީގެންވާ ވަރަށް މީހުން އިޖާބަ ދެއްވާފައި ނުވާތީ މިއިއުލާން ބާތިލް ކޮށްފީމެވެ.
ވީމާ އަލުން ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
1- ކަލާފާނުސްކޫލްގެ ކެންޓީން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އެހެންކަމުން ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 30 އޭޕްރީލް 2025 އިން 04 މެއި 2025 ތިރިގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
3- ލިންކް: https://forms.gle/wgmxd11qBx7Tvy6f7
4- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 05 މެއި 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
5- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 07 މެއި 2025 ވަނަ ދުވަހުގެ 11:30 ގައި ކަލާފާނު ސްކޫލް ގައެވެ.
6- މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
7- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކަލާފާނުސްކޫލް
އަމީނީމަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3328991
އީ-މެއިލް: [email protected]
30 އޭްޕްރީލް 2025