ދިވެހިރާއްޖެ
ކެޕިޓަލް މަރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޤަވާއިދު ނަންބަރު: R-1050/2019 (ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދު) ގެ 10 ވަނަ މާއްދާގެ (ނ) ގެ ދަށުން 2025 ވަނަ އަހަރުގެ 01 ވަނަ ކުއާޓަރގެ ރިޕޯޓު އަދި މާލީ ހިސާބު 2025 އޭޕްރިލް 30 ގެ ނިޔަލަށް ޝާއިޢުކުރަންޖެހެއެވެ. ނަމަވެސް، 2025 ވަނަ އަހަރުގެ 01 ވަނަ ކުއާޓަރގެ މާލީ ހިސާބު ނިންމުމުގައި އިތުރަށް ވަގުތު ބޭނުންވާތީ، 2025 ވަނަ އަހަރުގެ 01 ވަނަ ކުއާޓަރގެ ރިޕޯޓު އަދި މާލީ ހިސާބު އެންމެ ލަސްވެގެން 2025 މެއި 15 ވަނަ ދުވަހުގެ ކުރިން ޢާންމުކުރާނެކަން ޙިއްޞާދާރުންގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
އަދި 2025 ވަނަ އަހަރުގެ 01 ވަނަ ކުއާޓަރގެ ރިޕޯޓު އަދި މާލީ ހިސާބު އާންމުކުރާ މުއްދަތު އިތުރުކުރުމުގެ ހުއްދައަށް އެދި ކެޕިޓަލް މަރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ހުށަހަޅާފައިވާކަން ޙިއްޞާދާރުންގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.