ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލަށް ޖެނެރަލް ކޮންޒިއުމަބަލްސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން
ހުޅުމާލެ ހޮސްޕިޓަލަށް ޖެނެރަލް ކޮންޒިއުމަބަލްސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން
ނަންބަރު: TENDER/HMH/2025/007
ހުޅުމާލެ ހޮސްޕިޓަލަށް ޖެނެރަލް ކޮންޒިއުމަބަލްސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ރެޖިސްޓްރޭޝަން: ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބީލަން ރެޖިސްޓްރޭޝަން ފޯމް 2025 މެއި 5 ވާ ދުވަހުގެ ހެނދުނު 10:00ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ފުރިހަމަކުރަންވާނެއެވެ.ސުންގަޑީގެ ފަހުން ފޮނުވާ ފޯމްތައް ބަލައިނުގަނެވޭއެވެ. މި ބިޑަށް އަގު ހުށަހެޅޭނީ ބިޑުގައި ރަޖިސްޓާވާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
ރެޖިސްޓާވުމަށް ފޯމު ފޮނުވުމަށްފަހު ފޯމު ލިބުނުކަން ޔަޤީންކުރުމަކީ ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާއެކެވެ.
ޕްރީބިޑް މީޓިންގ: ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަން 8 މެއި 2025 ވާ ދުވަހުގެ 11:00 ގައި ހުޅުމާލެ ހޮސްޕިޓަލް (ވައްލަ މީޓިންގ ރޫމް) ގައެވެ.
ބިޑް ރެޖިސްޓްރޭޝަން ގޫގުލް ފޯމް ލިންކް: https://forms.gle/8z6XY77F4r36j5nu9
އަންދާސީ ހިސާބު ހުށަހެޅުން: 2025 މެއި 18 ވާ ދުވަހުގެ ހެނދުނު 11:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 2025 މެއި 15 ވާ ދުވަހުގެ މެންދުރު 14:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:
ފޯން: 3350113 / 3350152
އީ-މެއިލް: [email protected]
ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް
30 އެޕްރީލް 2025
ހޯދާ