މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
އެމްޕްލޮއިމަންޓް ސަރވިސް އެގްޒެކެޓިވް

 (IUL)10-C/10/2025/60:ނަންބަރު

އިޢުލާނު

 

މަޤާމު:

އެމްޕްލޮއިމަންޓް ސަރވިސް އެގްޒެކެޓިވް

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ (01 އަހަރު ދުވަހުގެ މުއްދަތަށް، މަސައްކަތުގެ ފެންވަރަށް ބަލައި މުއްދަތު އިތުރުކުރެވޭނެއެވެ.)

މަޤާމުގެ ރޭންކު:

-

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ / ޑިޕާޓްމަންޓް އޮފް ފޮރިން ލޭބަރ/ ކ.މާލެ

މުސާރަ:

15,250.00ރުފިޔާ

ސަރވިސް އެލަވަންސް:

-

އެހެނިހެން އެލަވަންސް:

  • ލިވިންގ އެލަވަންސް: 9,750.00ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅުންހުރި ސަރުކާރުގެ ނިންމުންތަކާއި ކަނޑައަޅާ އަމާޒުތަކާ އެއްގޮތުގެމަތިން ޑިޕަރޓްމަންޓުގެ މަސައްކަތްތައް ބައްޓަންކޮށް، މަސައްކަތްތައް ހަރުދަނާކޮށް ބެލެހެއްޓުން.
  2. މިނިސްޓަރާއި ޑިޕާޓްމަންޓްތަކުގެ އިސްވެރިންނަށް ފޮރިން ލޭބަރ އެމްޕްލޯއިމަންޓް ޕޮލިސީތަކާބެހޭ އެކްސްޕާޓް އެނަލިސިސް، ފޯމިއުލޭޝަން އަދި ލަފަޔާއި އިރުޝާދުދީ، އެކުލަވާލެވޭ ސިޔާސަތުތަކަކީ އިނޮވޭޓިވް، ޕްރެކްޓިކަލް އަދި ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާ ސިޔާސަތުތަކެއްކަން ކަށަވަރުކުރުން.
  3. މިނިސްޓްރީގެ އިޚްތިޞާޞުގެ ތެރޭގައި ހިމެނޭ ކަމާގުޅޭ ހުރިހާ ދާއިރާއެއްގައި، ޚާރިޖީ އަދި ޢާންމު މަސައްކަތްތެރިންގެ ޤާނޫނުތައް ފުޅާ ދާއިރާއެއްގައި މޮނިޓަރކޮށް ތަންފީޒުކުރުން ކަށަވަރުކުރުމާއި، ޢަމަލުކުރުމާއި އަދި އެތިކަލް ލޭބަރ ޕްރެކްޓިސްތައް ހަރުދަނާކުރުން.
  4. ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަ ބިދޭސީންނާ ގުޅިގެން ފޯރުކޮށްދޭ ޚިދުމަތްތައް ސުޕަވައިޒްކުރުމާއި އޮޕްޓިމައިޒްކޮށް، އެޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ކަނޑައެޅިފައިވާ މުއްދަތުގައި ޚިދުމަތް ފޯރުކޮށްދޭތޯ ކަށަވަރުކުރުމާއި އެކަންކަމާ ގުޅިގެން ކަމާގުޅުންހުރި ފަރާތްތަކަށް ޖަވާބުދާރީވުން
  5. ޑިޕަރޓްމަންޓުގެ ސިޔާސަތުތައް ތަންފީޒުކުރުމަށާއި، ޚިދުމަތް ފޯރުކޮށްދިނުން ހަރުދަނާކުރުމަށްޓަކައި، ޕްރޮސެސް އިމްޕްރޫވް ކުރުމަށް ވަކާލާތުކޮށް، ތަންފީޒުކޮށް، މިހާރުގެ ޕްރޮސެސްތަކުގައި ހުރި ނިޒާމީ އަދި ޓެކްނިކަލް ހުރަސްތައް ދެނެގަނެ، އެކަންކަން ޙައްލުކުރުން.
  6. ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް ދިމާވެފައިވާ ތަފާތު ގޮންޖެހުންތައް ޙައްލުކުރުމަށް ފަންނީ ތަޖުރިބާ ޙިއްޞާކުރުން
  7. ޕޮލިސީ ލެވެލްގައި ލޭބަރ އެންޑް އެމްޕްލޯއިމެންޓް މެނޭޖްމަންޓް ސިސްޓަމްތައް ރިފައިންކޮށް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވެ، އެ ނިޒާމުތަކަކީ ހަރުދަނާ، ބޭނުންކުރާ ފަރާތްތަކަށް ފަސޭހަ، އަދި މަސައްކަތްތެރިކަމުގެ ބާޒާރުގެ ޑައިނަމިކް ބޭނުންތަކަށް ޙައްލު ހޯދުމުގެ ޤާބިލުކަން ލިބިފައިވާ ނިޒާމްތަކެއްކަން ކަށަވަރުކުރުން.
  8. ޑިޕަރޓްމަންޓުގެ މަސްއޫލިއްޔަތާ ގުޅިގެން އެކުލަވާލެވޭ ސިސްޓަމްތައް ހަދައި، ޑިޖިޓަލައިޒްކޮށް، އަޕްޑޭޓްކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެ، ދެފުށް ފެންނަ، ޖަވާބުދާރީކުރެވޭނެ، ހުރިހާ ފަރާތްތަކަކަށް ބޭނުންކުރުމުގައި ލުއިފަސޭހަވާނެ ގޮތެއްގެމަތިން ސިސްޓަމްތައް އެކުލަވާލުމުގެ މަސައްކަތްތައް.
  9. ޑިޕަރޓްމަންޓާ ގުޅުންހުރި ކޮމިޓީތަކާއި ކައުންސިލްތަކުގެ މަސައްކަތްތައް އިންތިޒާމުކޮށް އިރުޝާދުދިނުމާއި، ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒު ކުރުމާ ގުޅިގެން ކުރެވޭ މަސައްކަތްތައް ކުރުން.
  10. ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ޖަމްޢިއްޔާޖަމާޢަތްތަކާއި، ބައިނަލްއަޤްވާމީ މުވައްސަސާތަކާ އެކު ހަރުދަނާ ގުޅުންތަކެއް ޤާއިމުކޮށް، ބިދޭސީން ވަޒީފާ އަދާކުރުމުގެ ސިޔާސަތުގެ ބެސްޓް ޕްރެކްޓިސް ހޯދުމަށް މަޝްވަރާކުރުން.
  11. މިނިސްޓްރީގެ މުވައްޒަފުންނަށާއި ކަމާގުޅުންހުރި ފަރާތްތަކަށް ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅުންހުރި ގާނޫނާއި ގަވާއިދުތަކާއި އެންމެ ފަހުގެ ސިޔާސަތުތަށް އަދި ޑިޖިޓަލް ސިސްޓަމްތަކާ ގުޅޭ ތަމްރީނު ޕްރޮގްރާމްތައް ރާވާ ހިންގާ، އިންސްޓިޓިއުޝަނަލް ނޮލެޖް އަދި އޮޕަރޭޝަނަލް އެފިޝިއެންސީ އިތުރުކުރުމުގެ މަސައްކަތްތައް ކުރުން
  12. ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅުންހުރި ސިޔާސަތުތަކާއި އިނީޝިއޭޓިވްތަކުން ކުރާ އަސަރު ދެނެގަތުމަށް ހަރުދަނާ މޮނިޓަރިންގ އެންޑް އިވެލުއޭޝަން ފްރޭމްވޯކްތަކެއް ޤާއިމުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުމާއި ސިޔާސަތުތައް ހަރުދަނާކުރުމަށް މަގުފަހިކޮށްދިނުން.
  13. އެކުލަވާލެވިފައިވާ ސިޔާސަތުތަކާ، އެ ސިޔާސަތުތައް ތަންފީޒުކުރަމުންދާ ގޮތާ، އެ ސިޔާސަތަކުން ޙާޞިލުކުރާ ނަތީޖާތަކާ، ތަފްސީލީ ރެކޯޑްތަކާއި ރިޕޯޓްތައް ބަލަހައްޓާ، ނިންމުންތައް ނިންމަނީ މައުލޫމާތައް ބިނާކޮށްކަން ކަށަވަރުކޮށް، ހުރިހާ ފަރާތްތަކެއްވެސް ޖަވާބުދާރީ ކުރެވޭނެގޮތައް މަސައްކަތް ރާވާ ހިންގުން.

މަޤާމުގެ ޝަރުޠުތައް:

  1. މެނޭޖްމަންޓް ނުވަތަ އެއާ ގުޅުންހުރި ދާއިރާއިން އެންމެ ދަށްވެގެން ޑިގްރީ ހާސިލްކޮށްފައިވުމާއެކު މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެwww.mohst.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
  4. ތައުލީމީ ސެޓިފިކެޓްތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
  6. ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  7. އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅުންހުރި ގާނޫނުތަކާ، ގަވާއިދުތަކާއި ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ މިންގަނޑުތަކަށް ފުރިހަމައަށް އަހުލުވެރިވުން.
  2. ޑިޖިޓަލް ވަސީލަތްތަކާއި ސިސްޓަމްތައް ބޭނުންކުރުމާ، ދެނެގަތުމާ، ކުރިއެރުވުމުގެ ހުނަރު.
  3. ސްޓޭކްހޯލްޑަރ އެންގޭޖްމަންޓް އެންޑް ކޯލަބްރޭޝަންގެ ހުނަރު.
  4. ހަރުދަނާ އެނަލިޓިކަލް އަދި ރިސާޗްގެ ހުނަރު.
  5. ރަނގަޅު މުވާސަލާތީ އަދި އިންޓަޕާސަނަލް ހުނަރު.
  6. އަމިއްލައަށް ނުވަތަ ޓީމެއްގެ ބައެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ޤާބިލުކަން.
  7. އިނގިރޭސި ބަހާއި ދިވެހި ބަހުން މުއާމަލާތުކުރުމާއި ލިޔެކިއުމުގެ ހުނަރު.
  8. ކޮމްޕްލެކްސް ޕްރޮޖެކްޓްތައް ބެލެހެއްޓުމާއި ނަތީޖާ ނެރުމުގެ ޤާބިލުކަން.

މަސައްކަތު ގަޑި

ސަރުކާރު ބަންދުނޫން ދުވަސްތަކުގައި 08:00 އިން 16:00 އަށް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 މޭ 13 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އާއި އިމްތިހާނު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2025 މޭ 21 އާއި 30 އާ ދެމެދު ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ (ވެލާނާގެ 10 ވަނަ ފަންގިފިލާ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3031543ނުވަތަ 3031542 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު"  (https://www.csc.gov.mv/Policy/Index/51)އިން ލިބެން ހުންނާނެއެވެ.

02 ޛުލްޤަޢިދާ 1446

30 އެޕްރީލް 2025
ހޯދާ