ވަޒީފާގެ ފުރުޞަތު
|
ވަޒީފާގެ ދާއިރާ:
|
ޕްރޮޖެކްޓްސް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާރޓްމަންޓް
|
މަޤާމް:
|
އެސިސްޓަންޓް ސިވިލް އިންޖިނިއަރ
|
ބޭނުންވާ ޢަދަދު:
|
01
|
މުސާރަ:
|
-/10,000ރ އާއި -/21,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
ފެންވަރު ނުވަތަ ޝަރުޠު:
|
އިމާރާތްކުރުމުގެ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ލެވެލް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު އިމާރާތްކުރުމާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- އަރކިޓެކްޗަރަކް ކުރެހުންތައް ހެދުމަށް ބޭނުންވާ ސްޓްރަކްޗަރަލް ކަލްކިއުލޭޝަންތައް ހެދުން
- ކޮންސެޕްޓް ޑިޒައިން ތައްޔާރުކުރުން
- ޓެންޑަރ ޑޮކިއުމަންޓްތައް ތައްޔާރުކުރުން
- ޕްރޮޖެކްޓް އެވޯޑް ކުރުމުން ޕްރޮޖެކްޓްގެ މަސައްކަތް ފެށުން
- ކަމާބެހޭ އެންމެހައި އިދާރާތަކުން ބޭނުންވާ ހުއްދަތައް ހޯދުން
- ބޭނުންވާ ޕްރޮޖެކްޓްތަކަށް ޑީޓެއިލް ޑިޒައިން ތައްޔާރުކުރުން
- ކޮންޓްރެކްޓަރުގެ އަތުން ރިއަލިސްޓިކް ވޯކް ޝެޑިއުލެއް ހޯދުން ނުވަތަ ތައްޔާރުކުރުން
- ޑީޓެއިލް ޑިޒައިން ތައްޔާރުކުރުން
- ސައިޓް ބައްދަލުވުންތަކާއި ސްޓޭކްހޯލްޑަރުންގެ ބައްދަލުވުންތަކުގެ ތެރެއިން މަސައްކަތުގެ ފެންވަރު ވަޒަންކުރުން
- ޑިޒައިން ލިޔެކިޔުންތައް މުރާޖަޢާކޮށް ފާސްކުރުމަށް ކޮންސަލްޓަންޓުންނާއެކު މަސައްކަތްކުރުން އަދި ކަމާބެހޭ ސްޓޭކްހޯލްޑަރުންނާ ރަނގަޅަށް ކޯޑިނޭޓްކުރުން
- ވޮރެންޓީ ކްލެއިމްސްތައް ޕްރޮސެސްކޮށް މޮނިޓަރކުރުން
- ޕަންޗް ލިސްޓުގައި ހިމަނައިފައިވާ ކަންތައްތައް ފުރިހަމަވެފައިވާކަން ކަށަވަރުކުރުން
- ފައިނަލް ޕޭމަންޓު ސެޓްލް ކުރުމަށްފަހު ފައިނަލް އެކްސެޕްޓެންސް ސެޓްފިކެޓް ދޫކުރުން
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
08 މޭ 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 08 މޭ 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
- ވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އިނާޔަތްތައް ލިބިދެވޭނެއެވެ.
- މިވަޒީފާއަކީ 02 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 02 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރާއި މަސައްކަތުގެ އަޙްލާޤަށް ބަލާއި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި މަޤާމަށް ކުރިމަތި ނުލެވޭނެއެވެ.
|
02 ޛުލްޤަޢިދާ 1446
30 އޭޕްރިލް 2025
|