ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ރަޙްމަތު މަރާމާތުކުރުމާގުޅޭ

              މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު މަސްޖިދުލް ރަޙްމަތު މިސްކިތް މަރާމާތު ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

             ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ބީލަމުގައި ބައިވެރިވެ، އަގު ހުށަހެޅުއްވުން އެދެމެވެ. 

ބީލަމުގައި ރަޖިސްޓްރީ ވުން                 

 

ބީލަމުގައި ރަޖިސްޓްރީ ވުމުގެ މުއްދަތު:

04 މެއި 2025 އިން 07 މެއި 2025 (11:00) އަށް

މަޢުލޫމާތު ސާފުކުރުން:

04 މެއި 2025 އިން 07 މެއި 2025 (11:00) އަށް

ގުޅޭނެ ނަންބަރ:

9123421

އީމެއިލް އެޑްރެސް:

[email protected]

ރަޖިސްޓްރޭޝަން:

މެއިލް ލިބުނުކަން ކަށަވަރު ކުރުމަކީ ހުށަހަޅުއްވާ ފަރާތްތަކުގެ ޒިންމާއެކެވެ.

ޕްރީބިޑް މީޓިންގ:

މި ބިޑާއި ގުޅިގެން ޕްރީބިޑް މީޓިންގ އެއް ނޯންނާނެ.

ބީލަން ހުށަހެޅުން                                     

ބީލަމުގައި ހުށަހެޅުމުގެ ސުން ގަޑި:

12 މެއި 2025  13:00

ބީލަން ހުށަހެޅުމުގެ މީޓިން އޮންނާނެ ތަން:

ހުޅުދެލީ ކައުންސިލްގެ އިދާރާ

ބީލަން ހުށަހަޅާއިރު:

  • ހުށަހަޅާ ބީލަން އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ.
  • ސިޓީ އުރާގެ ބޭރުގައި  ''މަސްޖިދުލް ރަޙްމަތު މަރާމާތުކުރުން'' ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންތައް ކެނޑުމަށް ހަމަޖެހިފައިވަނީ، ބީލަން ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.

ބީލަން ހުށަހެޅޭނީ، ކަނޑައެޅިފައިވާ ވަގުތުގައި، ހުޅުދެލީ ކައުންސިލްގެ އިދާރާއަށް ދުރުވެ، ބީލަން ހުށަހެޅުމުގެ މީޓިން ގައި ބައިވެރިވެގެންނެވެ.

ބީލަމުގައި ބައިވެރިވެވޭ ފަރާތްތައް:

މި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށް ނޫނީ އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނެއެވެ.

 

30 އެޕްރީލް 2025
ހޯދާ