ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ ބާ އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބާ އިމްތިޙާނަށް ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބާ އިމްތިޙާނުގައި ބައިވެރިވުމުގެ ޝަރުޠު(ތައް):
- ދިވެހި ރައްޔިތެއްކަމުގައި ވުން؛
- ބާ ކައުންސިލުން ކަނޑައަޅައިފައިވާ ޝަރުޠުތައް ފުރިހަމަވާ، އަދި ބާ ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި، ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކު ކަމުގައިވުން (ޤާނޫނީ ރޮނގުން ފުރިހަމަ ކޮށްފައިވާ ޑިގްރީއަކީ އެ ޑިގްރީއެއް ޙާޞިލުކުރި ޤައުމެއްގައި ނުވަތަ ޖުރިސްޑިކްޝަނެއްގައި، ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމަށް ބަލައިގަންނަ ޤާނޫނީ ދާއިރާގެ ޑިގްރީއަކަށް ވާންވާނެއެވެ.)
- އިމްތިޙާނުގެ ރަޖިސްޓްރޭޝަނަށް ބޭނުންވާ އެންމެހާ ކަންކަން ފުރިހަމަކޮށްފައިވުން؛ އަދި
- ބާ އިމްތިޙާނުގެ ފީ ދެއްކުން.
އިމްތިޙާނުގެ ތާރީޚު: |
11 އޮކްޓޯބަރ 2025
|
އިމްތިޙާނު އޮންނަ ތަން: |
މާލެ |
2025 ވަނަ އަހަރުގެ ބާ އިމްތިޙާނުގެ ސިލަބަސް: |
ބާ އިމްތިޙާނުގެ ސިލަބަސް ބާ ކައުންސިލުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.
|
އިމްތިޙާނުގެ ފީ: |
|
ރެޖިސްޓްރޭޝަން:
|
ބާ އިމްތިޙާނުގައި ރަޖިސްޓަރީވާނީ އަންނަނިވި ލިންކު މެދުވެރިކޮށެވެ.
ރެޖިސްޓްރޭޝަން ލިންކް: https://forms.gle/9tLr2Yx2qEcjcSWZ8
އިމްތިޙާނުގެ ރަޖިސްޓްރޭޝަނަށް ބޭނުންވާ ލިޔެކިޔުންތައް:
|
ޑެޑްލައިން: |
އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓުން ރަޖިސްޓަރީވުމުގެ އެންމެ ފަހު ތާރީޚަކީ 30 ޖޫން 2025 އެވެ. |
އިތުރު މަޢުލޫމާތު:
ބާ އިމްތިޙާނުގެ ރެޖިސްޓްރޭޝަން ޕްރޮސެސް ކުރިއަށްދާނެ ގޮތް
- ބާ އިމްތިޙާނުގައި ބައިވެރިވާން އެދޭ ފަރާތުން އެޕްލިކޭޝަން ފޯމު މެދުވެރިކޮށް ބާ އިމްތިޙާނުގައި ބައިވެރިވުމަށް އެދި ހުށަހަޅަންވާނެއެވެ.
- ބާ ކައުންސިލަށް ލިބޭ ފޯމުތައް ޕްރޮސެސްކުރުމަށްފަހު، ފޯމު ހުށަހެޅި ފަރާތްތަކުން ދެން ކުރިއަށްދާންވީގޮތުގެ އިރުޝާދު ބާ ކައުންސިލުން ފޯރުކޮށްދޭނެއެވެ. ބާ އިމްތިޙާނުގައި ބައިވެރިވުމަށް އެދޭއިރު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމައަށް ހުށަހަޅާފައިވާނަމަ ޕްރޮސެސްކުރުން އަވަސްވާނެއެވެ.
- އެޕްލިކޭޝަން ޕްރޮސެސްކުރުމަށްފަހު ބާ އިމްތިޙާނުގެ ފީ ދެއްކުމުގެ އިރުޝާދު އީ-މެއިލް މެދުވެރިކޮށް ބާ ކައުންސިލުން ފޮނުވާނެއެވެ. ފީ ދައްކާނީ ފީ ދެއްކުމުގެ އިރުޝާދު ކެންޑިޑޭޓަށް އީ-މެއިލުން ލިބުމުންނެވެ. 2025 ވަނަ އަހަރުގެ ބާ އިމްތިޙާނުގައި އިށީނުމަށްޓަކައި 31 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން ފީ ދައްކަންވާނެއެވެ.
- ބާ އިމްތިޙާނުގެ ފީ އެއްކޮށް ދެއްކުމުން، ބާ އިމްތިޙާނުގެ ރެޖިސްޓްރޭޝަން ފުރިހަމަވީއެވެ. އަދި، މި ފީ ދެއްކުމުން، އިމްތިޙާނުގައި ރަޖިސްޓަރީކުރެވިފައިވާ ކަމުގެ ކޮންފަރމޭޝަން މެސެޖެއް، އީ-މެއިލް މެދުވެރިކޮށް ބާ ކައުންސިލުން ފޮނުވާނެއެވެ. ބާ އިމްތިޙާނުގައި ރަޖިސްޓަރީވީކަމަށް ބަލާނީ މި ކެންޑިޑޭޓު ނަންބަރު އިމްތިޙާނުގައި ބައިވެރިވާ ފަރާތަށް ލިބުމުންނެވެ.
- މަޢުލޫމާތުތައް ފުރިހަމަ ނުވާ ފަރާތްތަކަށް ވަކި މުއްދަތެއްގެ ތެރޭގައި އެކަންކަން ފުރިހަމަކުރުމަށް އީ-މެއިލް މެދުވެރިކޮށް އެންގޭނެއެވެ. އިސްލާޙުކުރަން އެންގޭ ކަންކަން ކަނޑައެޅޭ މުއްދަތުގެ ތެރޭގައި ރަނގަޅު ނުކުރާނަމަ، އެ ފަރާތެއްގެ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.
ބާ އިމްތިޙާނާ ގުޅޭ އެންމެހާ މަޢުލޫމާތުތައް ބާ ކައުންސިލުގެ ބާ އެގްޒޭމް ޕޭޖުގައި އަޕްޑޭޓްކުރެވެމުންދާނެއެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް، [email protected] އަށް އީ-މެއިލް ކުރައްވާ، ނުވަތަ 3333990 މެދުވެރިކޮށް ބާ ކައުންސިލްއާ ގުޅުއްވާލަދެއްވާށެވެ.