ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ.އެސް. 4

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ވަޒީފާއާބެހޭ ޓްރައިބިއުނަލް، ކ.މާލެ

މަސައްކަތްކުރަންޖެހޭ ޑިވިޜަން:

ލީގަލް އަދި ރަޖިސްޓްރޭޝަން ޑިވިޜަން

މުސާރަ:

6,295.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

ނޮން-ޕްރެކްޓިސް އެލަވަންސް:

މުސާރައިގެ %45 (2,832.75 ރުފިޔާ)

ލިވިންގ އެލަވަންސް:

3,000.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސެކްޝަންގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔުން.
  2. ސެކްޝަނަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބުދާރީވުން.
  3. ސެކްޝަންގެ އެންޓްރީ އަދި އެހެނިހެން ލިޔުންތައް ސެކްޝަނާ ހަވާލުވެ ހުންނެވި ވެރިއަކަށް ފޯރުކޮށްދިނުމާއި، ލިޔެކިޔުންތައް ކަމާބެހޭ ފަރާތްތަކަށް ޙަވާލުކުރުން.
  4. ސެކްޝަނަށް ލިބޭ ލިޔެކިއުންތަކަށް ޤަވާޢިދުން ފިޔަވަޅު އެޅުން.
  5. ޖަލްސާތަކާއި އެޕޮއިންޓްމަންޓްތައް އަދި ބައްދަލުވުންތައް އިންތިޒާމްކުރުމާއި ޔައުމިއްޔާކޮށް ބެލެހެއްޓުން.
  6. ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ބަލަހައްޓަންޖެހޭ ތަފާސްހިސާބުތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  7. ޓްރައިބިއުނަލްއަށް ހުށަހެޅޭ މައްސަލަތަކުގެ މަސްދުވަހުގެ ރިޕޯޓު ތައްޔާރުކޮށް ބެލެހެއްޓުމާއި، އެ މަޢުލޫމާތު އިދާރީ ސެކްޝަނަށް ދިނުން.
  8. ޑިސްޕެޗްކުރަން ޙަވާލުކުރާ ސިޓީތަކާއި ލިޔުންތައް ޑިސްޕެޗް ކުރުން.
  9. ސެކްޝަނަށް އަންނަ ލިޔުންތަކާއި ސެކްޝަނުން ފޮނުވާ ލިޔުންތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.
  10. މިނޫނަސް ޓްރައިބިއުނަލްގެ މަސައްކަތް ހަލުވިކޮށް، ފަސޭހަކުރުމަށްޓަކައި، ކުރަން ކަނޑައަޅާ މަސައްކަތްކުރުން.
  11. ގެޒެޓް ކުރެވެމުންދާ ޤާނޫނުތަކާއި ޤަވާޢިދުތައް ހޯދުން.
  12. ޓްރައިބިއުނަލްއަށް ޙާޟިރުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރަންޖެހޭ ޗިޓްތައް ތައްޔާރުކުރުން.
  13. ރަޖިސްޓްރާރގެ ލަފާގެ މަތިން ނިންމަވަންޖެހޭ އެންމެހައި ކަންތައްތަކުގެ އިންތިޒާމުތައް ހަމަޖެއްސުން.
  14. ޓްރައިބިއުނަލް އޮފިސަރުން ކުރާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  15. ރަޖިސްޓްރަރ ކަނޑައަޅާ ގޮތެއްގެ މަތިން ޓްރައިބިއުނަލަށް ހުށަހެޅޭ އެންމެހާ މައްސަލަތަކުގެ ރަޖިސްޓްރީ އާއި ކުށުގެ ރެކޯޑު ޑާޓާބޭސް އަދާހަމަކުރެވޭކަން ކަށަވަރުކުރުން.
  16. ރަޖިސްޓްރަރ ކަނޑައަޅާ ގޮތެއްގެ މަތިން ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ ލިޔުންތައް ޗެކުކޮށް ލިޔުންތައް ފުރިހަމަކުރުވައި ރަޖިސްޓްރަރ އަރިހަށް ގެންދިއުން.
  17. މައްސަލަތަކާ ގުޅިގެން ޗުއްޓީ ހޯދުމަށް އެދޭ ފަރާތްތަކަށް ޗުއްޓީ ހަމަޖެއްސުމައްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ސެކްޝަން އިން ތައްޔާރުކުރާ ޗުއްޓީއަށް އެދިފައިވާ ފަރާތްތަކުގެ މަޢުލޫމާތު ޝީޓު ދުވަހުން ދުވަހަށް އަޕްޑޭޓް ކުރުން.
  18. ކޮންސިލިއޭޝަން ބައްދަލުވުންތައް ބޭއްވުމުގައި ރަޖިސްޓްރަރ އަށް އެހީތެރިވެދިނުން.
  19. މައްސަލަ ހުށަހަޅާ ފޯމުތަކުގެ ތެރެއިން ލިޔުންތައް ފުރިހަމަ ނުވުމުގެ ސަބަބުން އެންޓްރީ ނުކުރެވި ލަސްވާ މައްސަލަތަކުގެ މަޢުލޫމާތު ސާފުކޮށް ދުވަހުން ދުވަހަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  20. ޓްރައިބިއުނަލަށް ހުށަހެޅި ރަޖިސްޓްރީ ކުރެވިފައިނުވާ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ޝަކުވާ ސިޓީތަކަށް ރަޖިސްޓްރަރގެ އިރުޝާދުގެ މަތީން ފިޔަވަޅުއެޅުން.
  21. ޓްރައިބިއުނަލަށް ހުށަހެޅި ރަޖިސްޓްރީ ކުރެވިފައިނުވާ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި، މައްސަލަތަކުގައި ހިމެނޭ ފަރާތްތަކާއި ކުރަންޖެހޭ މުޢާމަލާތް ކުރުން.
  22. ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތަކުގެ ފައިލްތައް ތައްޔާރުކުރުން.
  23. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއިގުޅޭ އެންމެހާ އިދާރީ މަސައްކަތްކުރުން.
  24. އަޑުއެހުންތަކުގެ ތާވަލު ތައްޔާރުކުރުން.
  25. ޓްރައިބިއުނަލަށް ބަލައި ނުގަތުމަށް ނިންމާ މައްސަލަތައް ސަބަބު ބަޔާންކޮށް ނިންމުން ތައްޔާރުކޮށް، މައްސަލަ ހުށަހެޅި ފަރާތްތަކަށް ޖަވާބު ދިނުމާއި، ޓްރައިބިއުނަލަށް ބަލައިގަނެވޭ މައްސަލަތައް މެންބަރުންނަށް ޙަވާލުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ރެޖިސްޓްރަރއަށް އެހީތެރިވެދިނުން.
  26. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޗިޓް ރައްދުކުރަންޖެހޭ ފަރާތްތަކަށް ޗިޓް ރައްދު ކުރުމުގެ ކަންތައް ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އިންތިޒާމްކޮށް، އެކަން ރަނގަޅަށް ކުރިއަށްދާކަން ބަލާ ޔަޤީންކުރުން.
  27. ޓްރައިބިއުނަލުން ބަލަމުންގެންދާ މައްސަލަތައްބަލާ ނިމުމާއިއެކު މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ތައްޔާރުކުމުގައި އެހީތެރިވެދިނުން.
  28. ޓްރައިބިއުނަލުގެ މަސައްކަތްތަކާމެދު އާންމުންނާއި، މުއައްސަސާތައް ހޭލުންތެރި ކުރުވުމަށް ބޭނުންވާ މަޢުލޫމާތު ކަރުދާސްތައް ތައްޔާރުކޮށް، އެފަދަ ކަންކަން ރާވާ ހިންގުމަށް އެހީތެރިވެދިނުން.
  29. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމެޓީތަކުގެ ދަފްތަރު ބެލެހެއްޓުން.
  30. ކޯޓްތައް މެދުވެރިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް ޓްރައިބިއުނަލަށް އެ ކޯޓަކުން ފޮނުވަމުންދާކަން ކަށަވަރުކުރުން.
  31. ވަޒީފާއާބަހޭ ޓްރައިބިއުނަލުން ނިންމާ ނިންމުންތައް ތަންފީޒުކުރަމުންދާކަން ކަށަވަރު ކުރުން، އަދި ތަންފީޒުކުރުމަށް ކޯޓަށް ފޮނުވަންޖެހޭ ނިންމުންތައް ކޯޓަށް ފޮނުވުމަށް އިދާރީގޮތުން ކުރުންޖެހޭ އެންމެހައި ކަންތައްތައް ކުރުން
  32. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ޢާންމު މަޖިލީހުގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުން.
  33. އާއްމުމަޖިލީސްގެ ސެކްރެޓްރީގެ މަސައްކަތްކުރުމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން، އަދި މެންބަރުންނަށް ފޮނުވުން.
  34. މެންބަރ މީޓީންގ (ޓްރައިބިއުނަލްގެ ޢާންމު މަޖިލިސް) ބޭއްވުމުގެ ތައްޔާރީތައް ކުރުން. މިގޮތުން:
  35. މީޓިންގ އަށް ބޭނުންވާ ފެން / ކޮފީ ފަދަ (ޙާލަތާއި ގުޅިގެން މެންބަރުނަށް ބޭނުންވާ) ތަކެތި ހަމަޖެހިފައިވާކަން ކަށަވަރު ކުރުން.
  36. ބައްދަލުވުންތަކުގެ ޔައުމިއްޔާ ނޯޓްކުރުން، ރެކޯޑްކުރުން، ލިޔުން / މެންބަރުން ފާސްކުރާ ޔައުމިޔާ ތަކުގެ ސޮއި ހޯއްދެވުން.
  37. މެންބަރުންގެ ކޮޓަރިތަކުގެ ޙާލަތު ދެނެގަނެވި، ފާހަގަކުރެވޭ ކަންކަމާ ގުޅިގެން މެންބަރުން އެދިލައްވާ ކަންކަން ހަމަޖައްސައިދިނުން.
  38. މީގެ އިތުރުންވެސް ކަނޑައެޅިފައި އޮންނަ އުސޫލުތަކާ އެއްގޮތަށް މެންބަރަކު އިދާރީ ގޮތުން ބޭނުންވެލައްވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  39. އިދާރީ ކަންކަމާގުޅިގެން މެންބަރުންނާ ކުރަންޖެހޭ މުޢާމަލާތްތައް ކުރުން.
  40. ލީގަލް ސެކްޝަނުން ކުރަންޖެހޭ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން

ނުވަތަ،

2. 'މަތީ ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

ނުވަތަ،

3. 'ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 4 މާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުތަވަ 'ހަޔަރ ސެކެންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުން އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 (ދެއެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ދާއިރާ

  1. ޝަރީޢާ އެންޑް ލޯ
  2. ލޯ
  3. އެޑްމިނިސްޓްރޭޝަން
  4. ބިޒްނަސް އެޑްމިނިސްޓަރޭޝަން
  5. ބިޒްނަސް މެނޭޖްމަންޓް
  6. މެނޭޖްމަންޓް
  7. ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. ޤާނޫނީ ދާއިރާ
  2. އެޑްމިނިސްޓްރޭޝަން
  3. މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ފުރިހަމަ ކޮށްފައިވާ ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވެބްސައިޓުންނާއި، ޓްރައިބިއުނަލުގެ މަސައްކަތްތައް ހިންގާ އިމާރާތުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://employmenttribunal.gov.mv/tribunal/wp-content/uploads/2024/06/Job-Application-Form.docx

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ކާކުކަން އަންގާއިދޭ ފޮޓޯޖެހި ރަސްމީ ލިޔުމެއް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓް) ގެ ކޮޕީ؛

4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ އިދާރާއެއް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ނ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތް ނަމަ، 'ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު 2024' ގެ ޖަދުވަލު 4 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

(ރ)   ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި މަސައްކަތްކުރަމުންދާ މުވައްޒަފަކު، ޓްރައިބިއުނަލުގައި އަދާކުރަމުންދާ/އަދާކުރި މަޤާމާ ގުޅޭ ލިޔުންތައް ހުށަހަޅާކަށް ނުޖެހޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް

20

އިންޓަވިއު

35

ޓްރައިބިއުނަލުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެޕްރައިޒަލްއަށް ބިނާކޮށް ދޭ މާރކްސް

5

ޖުމުލަ

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 މޭ 2025 ގެ 14:00 ގެ ކުރިން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އިޢުލާން ޝާއިޢުކުރުމަށް ފަހު، އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅިއްޖެނަމަ، ދުވަސް އިތުރުކޮށް ޖެހިގެން އަންނަ ސަރުކާރު ރަސްމީ ދުވަހުގެ ރަސްމީ ގަޑި ހަމަވުމާ ހަމައަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 08 (އަށެއް) އަށްވުރެ ގިނަ ނަމަ، 'ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު 2024' ގައި ކަނޑައަޅާފައިވާ ފަދައިން ޝޯޓްލިސްޓްކުރެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 7 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު" އާންމުކޮށް ފެންނާނެހެން ޓްރައިބިއުނަލުގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް" އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް، 'ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު 2024' ގައިވާ ގޮތުގެ މަތިން މި ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި ޓްރައިބިއުނަލުގެ ނަންބަރު 3027801 އަށެވެ. އަދި އީމެއިލް ކުރާނީ [email protected]  އަށެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު 2024' ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވެބްސައިޓު (https://employmenttribunal.gov.mv) އިން ލިބެން ހުންނާނެއެވެ.

30 އެޕްރީލް 2025
ހޯދާ