މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ދަށުން ޒޯން 2 4 އަދި 5 ގެ "އައިލެންޑް ވޭސްޓް މެނޭޖްމެންޓް ޕްލޭން" އެކުލަވާލުމުގެ ކޮންސަލްޓެންސީ ޙިދުމަތް

(IUL)88-MCEP/88/2025/180:ނަމްބަރު

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ދަށުން ޒޯން 2 4 އަދި 5 ގެ "އައިލެންޑް ވޭސްޓް މެނޭޖްމެންޓް ޕްލޭން" އެކުލަވާލުމުގެ ކޮންސަލްޓެންސީ ޙިދުމަތް

ޕްރޮޕޯޒަލް ހުށަހެޅުމުގެދައުވަތު - އިންޑިވިޖުއަލް ކޮންސަލްޓެންސީ

ވޯރލްޑް ބޭންކުގެ ހިލޭ އެހީގައި މި މިނިސްޓްރީއިން ހިންގާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ދަށުން، މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ދަށުން ޒޯން 2 ، 4 އަދި 5 ގެ ރަށްރަށުގެ "އައިލެންޑް ވޭސްޓް މެނޭޖްމެންޓް ޕްލޭން" އެކުލަވާލުމުގެ ކޮންސަލްޓެންސީ ޙިދުމަތް ފޯރުކޮދޭނެ ފަރާތެއް ހޯދުމުށް ބޭނުންވެއެވެ. ވީމާ މި ޙިދުމަތް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ފުރުސަތުހުޅުވާލަމެވެ. އިތުރު މައުލޫމާތު ޓީ.އޯ.އާރު ގައި ތަފްސީލު ކުރެވިފައިވާނެއެވެ.

މި މަސައްކަތައް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތަފްސީލު ޓީ.އޯ.އާރްގެ (E). ކޮލިފިކޭޝަން އެންޑް އެކްސްޕީރިއެންސް ގައި ތަފްސީލު ކުރެވިފައިވާނެއެވެ. އަދި އިވެލުއޭޝަނަށް ކަނޑައެޅިފައިވާ މާރކްސް ޓީ.އޯ.އާރްގެ (Hސެލެކްޝަން ކްރައިޓީރިއާގައި ވާނެއެވެ.

މިމަސައްކަތް ކުރާނެ ފަރާތްތައް ހޮވާނީ ވާރލްޑް ބޭންކް ގައިޑްލައިންސް: "ޕްރޮކިޔުމަންޓް ރެގިޔުލޭޝަން ފޮރ އައި.ޕީ.އެފް ބޮރޯވަރސް" ގެ ދަށުން "އިންޑިވިޖުއަލް ކޮންސަލްޓެންޓުން" ހޯދުމަށް ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލެވިގެންނެވެ.

ހުށަހަޅަން ޖެހޭ ލިއެކިއުންތައް:

  • ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  • ހުށަހަޅާ ފަރާތުގެ ވަނަވަރު، ވަނަވަރުގައި މަސައްކަތުގެ ތަޖްރިބާ ރަނގަޅަށް އެނގޭނެހެން ތަފްޞީލްކޮށް ލިޔެފައި ހުންނަންވާނެއެވެ. މީގެ އިތުރުން މި މަސައްކަތުގެ އިވެލުއޭޝަން ކްރައިޓީރިއާގައިވާ ކަންތައްތަށް ފުރިހަމަ ކުރުމަށް ބޭނުންވާ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދޭފަދަ ލިޔެކިޔުމުގެ އިތުރުން މިފަދަ އެސައިންމެންޓްތައް ނިންމިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.     
  • ލިބިފައިވާ ތަޢުލީމީ އަދި ޕްރޮފެޝަނަލް ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި. ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓް ކޮށްފައި ހުންނަންޖެހޭނީ ސެޓްފިކެޓްގެ އެކްރެޑިޓް ކޮށްފައިވާ އަސްލުގެ ކޮޕީ އެއްގައެވެ.
  •  މަސައްކަތް ނިންމިކަން ކަށަވަރު ކުރުމަށް މަސައްކަތުގެ ވެރި ފަރާތުން ހޯދާފައިވާ މަސައްކަތް ނިމުނުކަމުގެ ރެފެރެންސް ލިޔުން  ނުވަތަ ސެޓްފިކެޓް ހުށަހަޅަންވާނެއެވެ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

މި މަސައްކަތުގެ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރ) މި އިޢުލާނާއި އެކު ގެޒެޓުގައި ޝާއިޢު ކޮށްފައިވާނެއެވެ.

މީގެ އިތުރުން މި މަސައްކަތައް ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކުގެ ތެރެއިން މިނިމަމް ސިލެކްޝަން ކްރައިޓީރިއާ ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރެވޭނެއެވެ.  

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 މެއި 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް"  ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވުން އެދެމެވެ. އީމެއިލްގެ ސަބްޖެކްޓްގައި ތިރީގައި މި ވާގޮތަށް ލިޔެވިފައި އޮންނަންވާނެއެވެ.

[email protected]

"Email subject: Consultancy Service to Develop Island Waste Management Plans in zone 2, 4 & 5 islands(IUL)88-MCEP/88/2025/180

އެޑްރެސް:

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ވޭސްޓް މެނޭޖްމެންޓް އެންޑް ޕޮލިޔުޝަން ކޮންޓްރޯލް ޑިޕާރޓްމެންޓް،

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް،

ސާފު ރާއްޖެ ބިލްޑިންގް/ މާލެ، ދިވެހިރާއްޖެ

އީމެއިލް އެޑްރެސް: [email protected]

ފޯނު ނަންބަރު: 3018451  

30 އޭޕްރިލް 2025

30 އެޕްރީލް 2025
ހޯދާ