ދިވެހިރާއްޖެ
މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އެލް.އޭ.ސީ (ލޯކަލް ކޮމްޕެނީ އޮތޯރިޓީ) އެއް "ރަސްދޫ ލޯކަލް ކޮމްޕެނީ އޮތޯރިޓީ"ގެ ނަމުގައި އުފެއްދުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި، ޢަމަލީ ގޮތުން އެލް.އޭ.ސީ އުފެއްދުމުގެ މަސައްކަތްކޮށްދެވޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ، މި އިޢުލާނާއެކު ހިއްސާކުރެވޭ މަޢުލޫމާތު ޝީޓުގެ 10 ވަނަ ޕޮއިންޓް (ސެކްޝަން 6 /މަސައްކަތުގެ ތަފްސީލް ޝީޓް) ގައި ބަޔާންކުރާ ޝަރުޠުތައް ހަމަވާ ފަރާތްތަކަށެވެ.
މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2025 އެޕްރީލް 29 އިން 2025 މޭ 8 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް މި ކައުންސިލްގެ މެއިލް، [email protected] އަށް މި މަސައްކަތަށް ހުށަހަޅާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަނަން/މަޤާމް/ހައިސިއްޔަތު/ގުޅޭނެ ނަންބަރު) ފޮނުވަންޖެހޭނެއެވެ. ރަޖިސްޓްރީވުމަށް މެއިލް ނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ. މި މަސައްކަތްތަކުގެ ތަފްސީލްހިމެނޭ ބިޑް ޑޮކިއުމެންޓް މި އިޢުލާނާއެކު އެޓޭޗުކުރެވިފައިވާނެއެވެ. މި ބިޑް ޑޮކިއުމަންޓުގެ ހާޑްކޮޕީ ދޫކުރެވޭނީ ކޮންމެ ގަނޑަކަށް 2ރ (ދެރުފިޔާ) ދެއްކުމުންނެވެ. މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ އަދި މަސައްކަތުގެ މަޢުލޫމާތުތަކާއި އިރުޝާދުތައް ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.
މި މަސައްކަތާގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ މި ކައުންސިލްގެ މެއިލް [email protected] އަށް 2025 މޭ 8 ވަނަ ދުވަހުގެ 14:00ގެ ކުރިން ފޮނުވުމުން 2025 މޭ 9 ވަނަ ދުވަހުގެ ނިޔަލަށް ޖަވާބުތައް ފޮނުވޭނެއެވެ.
މި މަސައްކަތުގެ ބިޑްބަލައިގަތުމާއި ބިޑްހުޅުވުން އޮންނާނީ 2025 މޭ 11 ވަނަ ދުވަހުގެ 10:15 ގައި މި އިދާރާގައެވެ.