ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނައިވާދޫ ކައުންސިލްގެ އައު އިމާރާތް އިމްާރާތްކޮށްދޭނެ ފަރާތެއް ހޯދުން

މިކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް ނައިވާދޫ ކައުންސިލްގެ އައު އިމާރާތް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދެނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވަވާ މިކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން

ޕްރީ ބިޑް މީޓިން

ބީލަން ހުށަހެޅުން

29.04.2025 ން 10.05.2025 ގެ 10:00 ށް

-

12.05.2025 ގެ 10:45 ގައި

ލިންކް މެދުވެރިކޮށް

-

ހދ.ނައިވާދޫ ކައުންސިލް އިދާރާގައި

 

 

 

 

 

  • މި މަސައްކަތްކޮށްދިނުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތުގެ ކުރެހުންތަކާއި ބީއޯކިއު އީމެއިލްގެ ޒަރީއާއިން ފޮނުވޭނެ ވާހަކަ ދަންނަވަމެވެ.

            ކޯޓޭޝަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ހދ.ނައިވާދޫގައި ކައުންސިލްގެ އައު އިމާރާތް އިމާރާތްކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި ގަޑިޖެހިގެން ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާތިލް ކުރެވޭނެއެވެ. އަދި ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

29 އެޕްރީލް 2025
ހޯދާ