ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހެރަހަމަގު ބަގީޗާގައި ފުޓްބޯޅަ ކުޅުމާއި ގުޅޭ
މި ފަހަކަށް އައިސް ހެރަހަ މަގު ބަގީޗާގެ ތެރޭގައި ފުޓްބޯޅަ ކުޅޭކަން ވަނީ ފާހަގަ ކުރެވިފައެވެ. މި ކަމަކީ އާންމު ރައްޔިތުންގެ މަޞްލަޙަތަށް އަދި ޕާކުގެ ވަސީލަތްތަކަށް ގެއްލުން ލިބިދާނެ ކަމެއް ކަމުގައި ދަންނަވަމެވެ.
ވީމާ، މި ފަދަ އަމަލުތައް ހުއްޓުވުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަމަށް އެދި ދަންނަވަމެވެ. ޕާކަކީ އެންމެންނަށް މަންފާ ކުރަނިވި، އާއިލާތަކާއެކު ހިތްފަސޭހަ ވަގުތު ހޭދަކުރުމަށް ޙާއްސަ ކުރެވިފައިވާ ތަނެއްކަން ހަނދުމަފުޅު ބަހައްޓަވައި، އެހެން ފަރާތްތަކަށް އުދަނގޫ ނުވާނެ ގޮތަށް ޕާކް ބޭނުން ކުރެއްވުމަށް ނަސޭހަތްތެރިވަމެވެ.
29 އެޕްރީލް 2025
ހޯދާ