ދިވެހިރާއްޖެ
މިއަހަރު ޢަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ޢީދާއި ގުޅޭ ޚާއްޞަ ފުޅަނދުބުރެއް، 06 ޖޫން 2025 ވާ ހުކުރު ދުވަހުގެ ރޭގަނޑު 20:30 ގައި ރަށުގެ މުޢައްސަސާތަކާއި އާންމުންނަށް ހުޅުވާލައިގެން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިގޮތުން މިފުޅަނދުބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ވަނަ ހޮވަގޮތަށެވެ. މިފުޅަނދުބުރު އަމާޒުކުރެވިފައިވަނީ ރާއްޖޭގެ ސަގާފަތާއި އާދަކާދަ އަދި ފަންނުވެރިކަމުގެ މައްޗަށެވެ. އަދި މިފުޅަނދުބުރުގައި ތައްޔާރުކުރެވޭ ފުޅަނދުތައް ވާންވާނީ ޢާއްމު އިޖުތިމާއީ މިންގަޑަށްފެތޭ އަދި މަގުމަތީގައި ދުއްވޭ އުޅަނދު ތަކަކަށެވެ. މިފުޅަނދު ބުރުގައި 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ފުޅަނދުބުރުގެ 1 ވަނައަށް 10000 ރުފިޔާ، 2 ވަނައަށް 6000 ރުފިޔާ އަދި 3 ވަނައަށް އަންނަ ފަރާތަކަށް 4000 ރުފިޔާގެ ފައިސާގެ އިނާމު ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. ވަނަތައް ހޮވުމުގައި ޖަޖުންގެ 60 އިންސައްތަ މާރކްސް އަދި ބެލުންތެރިންގެ ވޯޓުގެ 40 އިންސައްތަ މާރކްސް ހިމަނައިގެން ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ވަނަހޮވުމުގައި ބަލާނީ ތިރީގައި މިވާ ކަންކަމަށެވެ.
1- ސަޤާފަތް ދައްކުވައިދިނުން
2- ސިފަކޮށްދިނުން
3- ހުށަހަޅައިދިނުން
4- ބެލުނތެރިންގެ ވޯޓް
ވީމާ، މިފުޅަނދުބުރުގައި ބައިވެރިވެ ވަޑައިގަތުމަށް އެދޭ މުއައްސަސާތަކުންނާއި އާއްމު ފަރާތްތަކުން 11 މެއި 2025 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އެކަން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އަދި ފުޅަނދުބުރުގައި ބައިވެރިވުމަށް އެދި ހުށަހަޅާއިރު ބައިވެރިވާނެ ދާއިރާ އެނގޭގޮތަށް ހުށަހެޅުއްވުން އެދެމެވެ. އަދި ފުޅަނދުބުރުގައި ފުޅަނދުތައް ބައިވެރި ކުރެވޭނީ ތިރީގައިވާ ދާއިރާތަކުން ކޮންމެވެސް އެއްދާއިރާއެއް ރަމްޒުކޮށްދޭ ގޮތަށެވެ.
1- ސަޤާފަތާއި އާދަކާދަ ދައްކުވައި ދިނުން
2- އުފެއްދުންތެރިކަން (މަސްވެރިކަމުގެ އުފެއްދުންތައް، ދަނޑުވެރިކަމުގެ އުފެއްދުންތައް، ލިޔެލާޖެހުމާއި ވަޑާންކުރުން)
3- ކުޑަކުދިންގެ ވާހަކަ (ކެރެކްޓަރސް، ފްލޯކް، ސްޓޯރީ)
ފުޅަނދުބުރާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ ރަސްމީގަޑީގައި މިކައުންސިލްގެ 6580069 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.