ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
މެޑިކަލް ލެބޯރެޓަރީ ޓެކްނޯލޮޖިސްޓް (ހއ.އުތީމް ޞިއްޙީ މަރުކަޒު)

މަޤާމު:

މެޑިކަލް ލެބޯރެޓަރީ ޓެކްނޯލޮޖިސްޓް

މަޤާމުގެ ނަންބަރު:

J-411887

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހއ.އުތީމު ޞިއްޙީމަރުކަޒު

މަޤާމު

ޕަބްލިކް ސަރވިސް ރޭންކް

މަގާމުގެ ޝަރުތުތައް

އަސާސީ މުސާރަ

މަގާމުގެ އެލަވަންސް

ހާޒިރީ އިނާޔަތް

މެޑިކަލް ލެބޯރެޓަރީ ޓެކްނޯލޮޖިސްޓް

ޕަބްލިކް ސަރވިސް ރޭންކް 5

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

-/10072

ރުފިޔާ

-/4700 ރުފިޔާ

-/127 ރުފިޔާ (މަސައްކަތަށް ހާޒިރުވާ ދުވަހަކަށް)

މެޑިކަލް ލެބޯރެޓަރީ ޓެކްނޯލޮޖިސްޓް

ޕަބްލިކް ސަރވިސް ރޭންކް 7

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

-/13141 ރުފިޔާ

-/6132 ރުފިޔާ

-/166 ރުފިޔާ

(މަސައްކަތަށް ހާޒިރުވާ ދުވަހަކަށް)

އެހެނިހެން އިނާޔާތްތައް:

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 މޭ 2023 އިސްލާހާއި އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މެޑިކަލް ލެބޯރެޓަރީ ޓެކްނޯލޮޖިސްޓް ، (ޕަބްލިކް ސަރވިސް ރޭންކު 5  - ސްޓެޕް 1)

* ކަނޑައެޅިފައިވާ މިންގަނޑުތަކާއި އުޞޫލުތަކުގެ ތެރެއިން ބޭނުންކޮށްފައިވާ ތޫނު އާލާތްތައް ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

* ލޭނެގުމަށް ބޭނުންކުރާ އާލާތްތައް ހުރީ ސްޓެރައިލްކޮށްތޯ ކަށަވަރުކުރުން.

* ލެބޯރެޓަރީ އިކުއިޕްމަންޓްތަކުގެ ސެޓްއަޕްހަދައި ސާފުކޮށް އަދި މެއިންޓެއިން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

* ލެބޯރެޓަރީ ރިކުއިޒިޝަން ފޯމުތަކާއި ސްޕެސިމަން ޓިއުބުތައް ދިމާވޭތޯ ބެލުން.

* ކަނޑައެޅިފައިވާ މިންގަނޑުތަކާއި އުޞޫލުތަކުގެ ތެރެއިން ބަޔޯހަޒާޑް ފްލުއިޑް ނުވަތަ ޓިޝޫފަދަ ތަކެތި ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

* ވަގުތު ކަނޑައެޅިފައިވާ ތަޙުލީލުތަކަށް ކަނޑައެޅިފައިވާ މިންގަނޑުތަކާއި އުޞޫލުތަކާ އެއްގޮތަށް ސްޕެސިމަން ބަލައިގަތުން.

* ލެބޯރެޓަރީ އިން ހަދަންޖެހޭ ޓެސްޓުތައް ހެދުން.

* ސްޕެސިމަން ނުވަތަ ފްލުއިޑް ސާމްޕަލްތައް ލޭ ނަގާ ތަނަކުން/ ސްޓޭޝަންތަކުން، ރައްކާތެރިކަމާއެކު ލެބޯރެޓަރީއަށް ގެންދިއުން.

* ފްލުއިޑް ނުވަތަ ސާމްޕަލް ނެގުމުގެ ޕްރޮސީޖަރ ހިނގާނޭގޮތުގެ މަޢުލޫމާތު ބަލިމީހުންނަށް ދިނުން.

* މެޑިކަލް ޕްރޮފެޝަނަލުން އެނަލައިޒް ކުރުމަށްޓަކައި، ލޭ ނުވަތަ އެހެނިހެން ފްލުއިޑް ސާމްޕަލްތައް ޕްރޮސެސް ކުރުމުގައި އެހީތެރިވުން.

މެޑިކަލް ލެބޯރެޓަރީ ޓެކްނޯލޮޖިސްޓް ، (ޕަބްލިކް ސަރވިސް ރޭންކު 7 - ސްޓެޕް 1)

* އޯޕީޑީއާއި އައިޕީޑީއަށް އަންނަ ބަލިމީހުންގެ ސާމްޕަލްތައް ބަލައިގަތުމާއި އައިޑެންޓިފިކޭޝަންތައް ޗެކްކުރުން.

* ކުރަންޖެހޭ ތަޙްލީލުތަކުގައި ލަފާ ހޯދަންޖެހޭ ފަރާތްތަކާއި ގުޅައިގެން ލަފާހޯދާ ، ބަލިމީހާއަށް އެންމެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދީ ބަލިމީހާއަށް ބޭނުންވާ މަޢުލާމާތު ސާފުކޮށްދިނުން.

* ޑިއުޓީ ތަކުގައި ކުރަންޖެހޭ ޓެސްޓުތައް ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖަރ އާއި އެއްގޮތަށް ޕްރޮސެސްކުރުމާއި ޓެސްޓުތައް ފުރިހަމަކުރުމާއެކު ، ރިޕޯޓްތައް ނިންމުމަށް ކަނޑައެޅިފައިވާ ގަޑިއަށް ތައްޔާރުކުރުން.

* ރެޖިސްޓްރީތަކުގައި ލިޔަންޖެހޭ ނަތީޖާތައް ރަނގަޅަށް ލިޔެ ޗެކްކޮށް ފުރިހަމައަށް ބެލެހެއްޓުމާއި، ކޮމްޕިއުޓަރ ސިސްޓަމަށް އެންޓަރ ކޮށް ބެލެހެއްޓުމާއި ޓެސްޓް ނަތީޖާއާއި ބެހޭގޮތުން އުފެދޭ ސުވާލުތަކަށް ޖަވާބުދިނުން.

* ޚާއްޞަ ލެބޯޓްރީ ޓެސްޓުތައް ކުރުމާއި ކުރެވޭ ޓެސްޓުތައް އިތުރަށް ފުރިހަމަކުރުމަށް މަސައްކަތް ކުރުން.

* ޙަވާލުކުރެވިފައިވާ ސެކްޝަނެއްގައި ކުރެވޭ ޓެސްޓުތަކުގެ ކޮލިޓީ ކޮންޓްރޯލް ޗެކްކުރުމާއި ، ރެކޯޑްސްތައް ބެލެހެއްޓުން

* ޙަވާލުކުރެވިފައިވާ ސެކްޝަނުގައި ކުރާ ޓެސްޓުތައް ކުރުމަށް ބޭނުންކުރެވޭ ކޮންސިއުމަބްލްސް، ރިއެޖެންޓްސްއާއި ކެމިކަލްސްގެ ސްޓޮކް ބެލެހެއްޓުމާއެކު އެއްވެސް އެއްޗެއް ހުސްވުމުގެ ކުރިންނާއި އެކްސްޕަޔާރ ވުމުގެ ކުރިން ދުވަސްއޮއްވާ އިސްފަރާތަށް އެންގުން.

* ލެބޯޓްރީގެ މަސައްކަތްކުރާ މާޙައުލު އެކުވެރިކޮށް ބޭއްވުމާއެކު ލެބޯޓްރީ ސާފުތާހިރުކޮށް ބޭއްވުމަށް މުވައްޒަފުންނަށް އަންގާ އެކަން ބެލެހެއްޓުން.

* ލެބޯޓްރީގެ އެކި ސެކްޝަންތަކުގައި ބެހެއްޓިފައިވާ މެޝިންތަކާއި އިކްއިޕްމަންޓްތައް ޑެއިލީ މެއިންޓެނަންސް ހެއްދުމާއި،ހަފްތާއަކު އެއްފަހަރު ހަދަންޖެހޭ މެއިންޓެނަންސް ހެދިތޯބަލާ އޭގެ ރެކޯޑްސްތައް ބެހެލެއްޓުމާއި މިއިން އެއްޗަކަށް ގެއްލުމެއް ވެފައިވާނަމަ އިސްފަރާތަކަށް އެންގުމާއެކު ބަޔޯމެޑިކަލްސް އަށް އެންގުން.

* ލެޔާއި ހަށިގަނޑުގެ ތަފާތު ދިޔައިންނާއި އެހެނިހެން ސާމްޕަލްތަކުން ފަސޭހަކަމާއެކު ބަލިޖެހިދާނެ މާޙައުލެއްކަން ދަނެގެން ތިމާއާއި އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ ރައްކާތެރި ކަމަށް ސަމާލުވެ ކަނޑައެޅިފައިވާ ޤަވާޢިދެއްގެ މަތިން މަސައްކަތުގައި ޙަރަކާތްތެރިވުން.

* ލެބޯޓްރީއާއި މެދު ބަލިމީހުން /ބަލަދުވެރިޔާ ނުވަތަ އެހެނިހެން ފަރާތަކުން ކުރާ ޝަކުވާބަލާ ޙައްލުކުރެވޭނަމަ ޙައްލުކޮށް އެކަން ވެރިފަރާތަށް އެންގުން.

* ލެބޯޓްރީ ޓެސްޓުތަކުގެ ނަތީޖާ ކޮންމެހެން އެނގެންޖެހޭ ފަރާތްތައް ފިޔަވާ އެހެން ފަރާތަކަށް އަންގާ އާއްމު ނުކުރުން.

* ނިކުންނަން ޖެހިއްޖެ ހިނދެއްގައި ޝިފްޓް ޑިއުޓީއާއި އިމަރޖެންސީ ޑިއުޓީއަށް ނިކުތުން. މީގެ އިތުރުން ލެބޯޓްރީގެ ދާއިރާގައި ހަވާލު ކުރައްވާ އިތުރު ކަންތައްތައް ކުރުމާއި ބެލެހެއްޓުން.

 

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ދާއިރާތައް:

  • ބަޔޯމެޑިކަލް ސައެންސް  
  • ކްލިނިކަލް ލެބޯޓްރީ ސައެންސް  
  • ކްލިނިކަލް މައިކްރޯ ބަޔޮލޮޖީ  
  • ޑައިގްނޯސްޓިކް މައިކްރޯ ބަޔޮލޮޖީ  
  • މެޑިކްލް ލެބޯޓަރީ ސައެންސް  
  • މެޑިކްލް ލެބޯޓަރީ ޓެކްނޮލޮޖީ  
  • މެޑިކަލް ސައިންސް  
  • މެޑިކަލް ޓެކްނޮލޮޖީ 

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

މެޑިކަލް ލެބޯރެޓަރީ ސަރވިސަސް

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv އަދި މި ޞިއްޙީމަރުކަޒުގެ އޮފީސްބައި ކައުންޓަރުންނާއި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/Policy/Index/51

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ރެޖިސްޓްރޭޝަން

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ. 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިޞިއްޙީމަރުކަޒުގެ އިދާރީ އޮފީހަށެވެ، ނުވަތަ އީ-މެއިލް ކުރައްވާނަމަ [email protected]  އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް:އީ-މެއިލްއިންހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއްފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. ފޮނުވާ އީ-މެއިލްތައް މިޞިއްޙީމަރުކަޒަށް ލިބުމުން ( އީ-މެއިލް ފޮނުވިމެއިލްއަށް މިޞިއްޙީމަރުކަޒަށް މެއިލް ލިބުނު ކަމުގެ މެއިލްއެއް ލިބޭނެއެވެ.)

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

 

އިންޓަރވިއުއާއި އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިހާނު އޮންނާނީ،

12 މެއި 2025ން 10 ޖޫން 2025 އާ ދެމެދު މި ޞިއްޙީމަރުކަޒުގެ އިދާރާގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީގަޑީގައި 6501263 / 6501264  އަށެވެ. އީ-މެއިލް ކުރާނީ [email protected]   އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.  

 

29 އެޕްރީލް 2025
ހޯދާ