ދިވެހިރާއްޖެ
ނީލަންކިޔުމާއިބެހޭ
މި އިދާރާގައި ބޭނުން ކޮށްފައިވާ "ވޭން" ވެހިކަލް ސިޓީލާ ނީލަމުގައި ވިއްކާލުމަށްވަނީ ހަމަޖެހިފައެވެ. ނީލަން ފެށޭ އަގަކީ -/15،000ރ. (ފަނަރަހާސް ރުފިޔާ) އެވެ. ހުށަހަޅާ އަގަށް މަދުވެގެން އިތުރު ކުރެވޭނެ އެންމެ ކުޑައަގަކީ -/5،000ރ. (ފަސްހާސް ރުފިޔާ) އެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ 12:30 ގެ ކުރިން ވެހިކަލް ގަތުމަށް ބޭނުންވާ އަގު ހުށައަޅާނީ، (NL04) ފޯމް ފުރިހަމަކޮށް ބަންދު ކޮށްފައިވާ ސިޓީއުރައެއްގައި މި އިދާރާގެ ކައުންޓަރަށް ނުވަތަ، މި އިދާރާގެ [email protected] މެއިލްއެޑްރެހަށް މެއިލްކޮށްގެންނެވެ. އަގު ހުށަހަޅާ ފޯރމް މި އިދާރާގެ ކައުންޓަރުންނާއި ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ.
ކޮންމެ ދުވަހަކު 12:30 އާއި ހަމައަށް ހުށަހަޅާ އެންމެ މަތީ އަގު އެ ދުވަހެއްގެ 14:00 ގައި މި އިދާރާގެ ނޯޓިސްބޯޑާއި ފޭސްބުކްޕޭޖްގައި ޢާންމު ކުރެވޭނެއެވެ. ޖެހިޖެހިގެން ރަސްމީ 3 ދުވަހު ނީލަމަށް ހުށަހަޅާ އަގު އެއްއަގެއްގައި އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ.
ވެހިކަލާއިބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް މި ކައުންސިލްގެ ނަންބަރު: 6680507 އަށް ގުޅުންއެދެމެވެ.
އެންމެމަތީ އަގު ހުށަހަޅައިގެން ނީލަމުން ވެހިކަލް ލިބުނު ފަރާތް ނީލަން ނިމޭ ދުވަހުން ފެށިގެން ރަސްމީ 7 ދުވަހުގެ ތެރޭގައި މި އިދާރާއަށް ފައިސާ ދެއްކުމުން ވެހިކަލް އެފަރާތަކާއި ޙަވާލުކުރެވޭނެއެވެ. އަދި ދެންނެވިފައިވާ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ، ދެވަނައަށް އެންމެތީ އަގު ހުށަހެޅި ފަރާތަށް އެ ފުރުޞަތު ދެވޭނެއެވެ. ދެވަނައަށް އެންމެމަތީ އަގު ހުށަހެޅި ފަރާތުންވެސް މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ 3 ވަނަ އަށް އެންމެމަތީ އަގު ހުށަހެޅި ފަރާތަށް އެ ފުރުޞަތު ދެވޭނެއެވެ. 3 ވަނައަށް ފުރުޞަތު ދެވުނު ފަރާތުން ފައިސާ ނުދައްކައިފިނަމަ ނީލަށް ބާޠިލްކުރެވޭނެއެވެ.
ވެހިކަލްގެ މަޢުލޫމާތު
- ބާވަތް: ވޭން
- ރަޖިސްޓަރީ ނަންބަރު: B1A4236
- މޮޑެލް: Toyota
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
01 ޛުލްޤަޢިދާ 1446
29 އޭޕްރީލް 2025
ޢަލީ ނަޞީރު
އަތޮޅުކައުންސިލްގެ ރައީސް