ދިވެހިރާއްޖެ
މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ މަގާއި ގޯޅިއަށްވާގޮތަށް ގޭބިސީތަކުގެ އިމުން ބޭރަށް ނުކުމެފައިވާ ގަސްގަހުގެ އޮފިތަކާއި ރުއްރުކުގެ ފަންތައް ކަނޑާ ސާފުކުރުމަށް ދަންނަވަމެވެ. ގޭބިސީތަކުގެ އިމުންބޭރަށް ގަސްގަހުގެ އަފިތަކާއި ފަންތައް ނުކުމެފައިހުރުމުގެ ސަބަބުން، މަގުގައި ހިނގާ ފަރާތްތަކަށާއި ،ދުއްވާ އުޅަނދުތަކާއި، ޕިކަޕްތައް ފަދަ އުޅަނދުތައް ދުއްވުމަށް އުދަނގޫވެ ބައެއް ޙާލަތްތަކުގައި އެތަކެއްޗަށް ގެއްލުން ލިބޭފަހަރުވެސް އެބަ އާދެއެވެ.
އެހެންކަމުން، ގޭބިސީތަކުގެ އިމުންބޭރަށް 10 ފޫޓު ތިރިއަށް ފައިބާފައި ހުރި ގަސްގަހުގެ އޮފިތަކާއި ރުކުފަންތައް 05 ދުވަސް ތެރޭގައި ކޮށާ ސާފުކުރުމަށް އަންގަމެވެ. އަދި މިމުއްދަތުގެ ތެރޭގައި ނުކޮށާހުންނަ ގަސްތައް ކައުންސިލުން މަގަށް ދަތިނުވާނެހެން ކޮށާނެކަން އެންމެހާ ރައްޔިތުން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މިހެން ކޮށުމުގެ ސަބަބުން ލިބޭ އެއްވެސް ގެއްލުމަކަށް ކައުންސިލުން ޒިންމާ ނުވާނެވާހަކަ ދަންނަވަމަވެ. މިހެންވެ މިކަން އާއްމުކޮށް އެންގުމަށް ޢިއުލާންކުރީމެވެ.
01 ޛުލްޤައިދާ 1446