މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ށ.ނަރުދޫ ކައުންސިލުން ކުރިއަށް ގެންދާ " ބޮޑެތިމީހުންނަށް އިނގިރޭސި ބަސް ދަސްކޮށްދޭ ކިލާސް 2025" ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން
މި ކައުންސިލުން ބޮޑެތިމީހުންގެ ތަޢުލީމީ އަދި ފަންނީ ފެންވަރު މަތިކުރުމުގެ މަޤުޞަދުގައި 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ހިމަނައިގެން، ށ.ނަރުދޫގައި ދިރިއުޅޭ 18 އަހަރުން މަތީގެ ރައްވެހިންނަށް އަމާޒުކޮށް، އިނގިރޭސިބަސް ދަސްކޮށްދޭ ޕްރޮގްރާމެއް، މި އަހަރުގެ މެއިމަހު ކުރިއަށް ގެންދިއުމަށް ނިންމާފައިވާތީ، މި ޕްރޮގްރާމުގައި ރަޖިސްޓްރީވުމަށް މިއިދާރާގެ ނަންބަރު (IUL)278/278/2025/17 އިޢުލާނުން 2025 އޭޕްރިލް 17 ވަނަ ދުވަހު ފުރުޞަތު ހުޅުވާލުމާއި ގުޅިގެން އެކިފަރާތްތަކުން ރަޖިސްޓްރީވެފައިވެއެވެ. ކައުންސިލްގެ އަމާޒަކީ ގިނަ ފަރާތްތެއް މި ޕްރޮގްރާމުގައި ބައިވެރިކޮށް ޕްރޮގްރާމުގެ މަޤުޞަދު ހާސިލްކުރުން ކަމުގައިވާތީ ޕްރޮގްރާމުގައި ބައިވެރިވުމަށް ދެވަނަ ފުރުޞަތެއް ދިނުމަށް ފުރުޞަތު އިތުރުކުރަމެވެ. މި ފުރުޞަތުގައި ކުރިން ރަޖިސްޓްރީވެފައިވާ ފަރާތްތައް އަލުން ރަޖިސްޓްރީ ކުރަން ނުޖެހޭނެއެވެ.
ޕްރޮގްރާމްގެ ނަން: ބޮޑެތިމީހުންގެ އިނގިރޭސި ކިލާސް 2025
ޕްރޮގްރާމް ފެށުމަށް ރޭވިފައިވާ ތާރީޚް: 07 މެއި 2025
ޓާރގެޓް އޯޑިއަންސް: ށ.ނަރުދޫގައި ދިރިއުޅޭ 18 އަހަރުންމަތީގެ ރައްވެހިން
ފޯމް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚް: 07 މެއި 2025 ވަނަދުވަހު 14:00 ގެ ކުރިން
ފީ: ހިލޭ
ޖާގަ: ކުލާހުގައި ޖާގަ އޮތްވަރަކުން ޖާގަދެވޭނެ (ނަރުދޫ ރައްވެހިންގެތެރެއިން އޯލެވެލް ނުހަދާ ފަރާތްތަކާއި، އިނގިރޭސިބަހުން ކިޔަވައިދޭ ކޯހެއްގައި ބައިވެރި ނުވާ ފަރާތްތަކަށް އިސްކަންދެވޭނެ)
މި ޕްރޮގްރާމުގައި ބައިވެރިވާން އެދިވަޑިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަކުރެއްވުން އެދެމެވެ. މި ޕްރޮގްރާމާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ((6540049 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
29 އެޕްރީލް 2025
ހޯދާ