ދިވެހިރާއްޖެ
މިކަމާއި ގުޅޭގޮތުން ކުރެވުނު މިއިދާރާގެ ނަމްބަރ (IUL)416-ESMSPR/416/2025/30 (14 އެޕްރީލް 2025) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ގދ. މަޑަވެލި ކައުންސިލް އިދާރާއަށް ޕިކަޕެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
ގދ. މަޑަވެލި ކައުންސިލް އިދާރާއަށް ޕިކަޕެއް ކައުންސިލްގެ ނަމުގައި ރަޖިސްޓްރީކޮށް ރަށާއި ހަމައަށް ފޯރުކޮށްދީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި އިޢުލާނާއެކު، މި މަސައްކަތުގެ މަޢުލޫމާތު ކަރުދާހާއި، 'އަގުހުށަހަޅާ ފޯމް' އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ބީލަމުގައި ރަޖިސްޓްރީވުން |
29 އެޕްރީލް 2025 އިން 06 މޭ 2025 ވަނަ ދުވަހުގެ ހެނދުނު 11:00އާއިހަމައަށް ތިރީގައިވާ ލިންކުންވަދެ ރަޖިސްޓްރޭޝަން ޝީޓްގެ ގޫގުލް ފޯމް ފުރުއްވައިގެން: |
ޕްރީބިޑް މީޓިންގ |
މި މަސައްކަތުގެ ބްރީބިޑް މީޓިންގ އެއް ބޭއްވުމަށް ހަމަޖެހިފައި ނުވެއެވެ. |
ބިޑް ބަލައިގަތުން |
12 މޭ 2025 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން. (މަޑަވެލި ކައުންސިލްގެ މެއިލް އަށް މެއިލް ކުރައްވައިގެން) |
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، މަތީގައިވާ ލިންކުން ވަދެ ރަޖިސްޓްރީ ކުރުމަށްފަހު 12 މޭ 2025 ވަނަ ދުވަހުގެ ހެނދުނު 11:00 އާއި ހަމައަށް، މިއިދާރާގެ އީމެއިލް: [email protected] އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހަޅަންވާނީ، މިއިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ، 'އަގުހުށަހަޅާ ފޯމު' ންނެވެ. އަގުހުށަހަޅާ ފޯމާއިއެކު، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ، ޖިއެސްޓީ ދައްކާ ފަރާތެއްނަމަ، ޖީއެސްޓީ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. 'އަގުހުށަހަޅާ ފޯމު' ނުހިމަނައި ހުށަހަޅާ އަންދާސީ ހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހެޅޭ އަންދާސީ ހިސާބުތަކާއި އަދި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބިޑްތައް އިވެލުއޭޓް ކުރުމުގެ ތެރެއިން ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.