ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
އައި.ޓީ ކޮންސަލްޓެންޓް

މަޤާމު:

އައި.ޓީ ކޮންސަލްޓެންޓް

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (1 އަހަރު)

މަޤާމުގެ ރޭންކު:

އީ.އެކްސް.1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މި މަޤާމަށް ނަގާ މުވައްޒަފަކު މަސައްކަތް ކުރާނީ ރިމޯޓުކޮށްނެވެ. އެހެންނަމަވެސް، ޓްރައިބިއުނަލުން އަންގައިފިނަމަ އޮފީހަށް ޙާޟިރުވާންޖެހޭނެއެވެ.

މަސައްކަތްކުރަންޖެހޭ ޑިވިޜަން:

ސަޕޯޓް ސަރވިސް ޑިވިޜަން

މުސާރަ:

10,000.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

ލިވިންގ އެލަވަންސް:

3,000.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޓްރައިބިއުނަލުގެ ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ ރިކުއަރމަންޓްތައް ދެނެގަނެ އެކަމާއި ގުޅިގެން ހަދަންޖެހޭ އެނަލިސިސް ހެދުން.
  2. ޓްރައިބިއުނަލުގެ ޚިދުމަތުގެ މިހާރުގެ އަދި ކުރިއަށް އޮތްތަނުގެ ބޭނުންތަކަށް އެކެށޭނެ ރަނގަޅު ސޮފްޓްވެއަރ ޑިޒައިންކޮށް ތައްޔާރުކުރުން.
  3. ތައްޔާރުކުރާ ސޮފްޓްވެއަރތައް ޓެސްޓްކޮށް، ކަނޑައެޅޭ ތާރީޚްތަކަށް ނިންމުމަށްޓަކައި، ހަވާލު ކުރެވޭ ޕްރޮޖެކްޓްތަކުގެ ޓައިމްލައިންސް އަމަލުކުރުމާއި، ނިންމަންޖެހޭ ގަޑިތަކަށް ނިންމުން.
  4. ސޮފްޓްވެއަރ ޑިވޮލޮޕްމަންޓް އަދި އޮޓޯމޭޝަންގައި ކޯޑް ސެކިއުރިޓީ ކަށަވަރުކުމާއި، ޕާފޯމަންސް އޮޕްޓިމައިޒްކުރުމާއި، ލިބެންހުރި ހާޑްވެއަރ އެއްގޮތްކަން ކަށްވަރުކުރުން.
  5. އައު ސޮފްޓްވެއަރތައް ސްޓްރަކްޗަރ ކުރެވިފައިވަނީ ސިސްޓަމްގެ ޕާފޯމަންސް މެނޭޖްކޮށް އޮޕްޓިމައިޒް ކުރުމަށް ފަސޭހަވާނެ ގޮތަށްކަން ކަށަވަރުކުރުން.
  6. ވެބްސައިޓް ޑިޒައިންކޮށް، ވެބްސައިޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  7. ވެބްސައިޓަށް ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިތޯ ބަލައި ޢާއްމު ފަރާތްތަކަށް ފަސޭހައިން މަޢުލޫމާތު އެނގޭނެ ފަދަ ގޮތަކަށް ވެބްސައިޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  8. ވެބްސައިޓްގެ ވަލްނަރަބިލިޓީ ޓެސްޓް ކޮންމެ 3 މަހުން އެއްފަހަރު ހަދައި، ރަގަޅުކުރަންޖެހޭ ކަންތައްތައް ރަގަޅުކުރުން.

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ތަޢުލީމީ ދާއިރާ

  1. ސޮފްޓްވެއަރ އިންޖިނިއަރިންގ
  2. ކޮމްޕިއުޓަރ ސައިންސް
  3. އިންފޮމޭޝަން ޓެކްނޮލޮޖީ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. ސޮފްޓްވެއަރ އިންޖިނިއަރިންގ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ފުރިހަމަ ކޮށްފައިވާ ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވެބްސައިޓުންނާއި، ޓްރައިބިއުނަލުގެ މަސައްކަތްތައް ހިންގާ އިމާރާތުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://employmenttribunal.gov.mv/tribunal/wp-content/uploads/2025/01/Job-Application-Form-No-Logo.docx

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ކާކުކަން އަންގާއިދޭ ފޮޓޯޖެހި ރަސްމީ ލިޔުމެއް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓް) ގެ ކޮޕީ؛

4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ އިދާރާއެއް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ނ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތް ނަމަ، 'ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު 2024' ގެ ޖަދުވަލު 4 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

(ރ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި މަސައްކަތްކުރަމުންދާ މުވައްޒަފަކު، ޓްރައިބިއުނަލުގައި އަދާކުރަމުންދާ/އަދާކުރި މަޤާމާ ގުޅޭ ލިޔުންތައް ހުށަހަޅާކަށް ނުޖެހޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް

15

ޕްރެޒެންޓޭޝަން

10

އިންޓަވިއު

30

ޓްރައިބިއުނަލުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެޕްރައިޒަލްއަށް ބިނާކޮށް ދޭ މާރކްސް

5

ޖުމުލަ

100

މި ރެންކުގެ މަޤާމަށް ޢައްޔަނުކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގައި ހިމެނޭ ބައިތަކުގެ ތެރެއިން އިންޓަވިއު، އެސެސްމެންޓް އަދި ޕްރެޒެންޓޭޝަން، މިއިން ކޮންމެ ބަޔަކުން %50 (ފަންސާސް އިންސައްތަ) ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓު ލިބިފައިވާނަމަ އަދި ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60% (ފަސްދޮޅަސް އިންސައްތަ) ނުވަތަ އެއަށްވުރެ މަތިން ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 މޭ 2025 ގެ 14:00 ގެ ކުރިން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އިޢުލާން ޝާއިޢުކުރުމަށް ފަހު، އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅިއްޖެނަމަ، ދުވަސް އިތުރުކޮށް ޖެހިގެން އަންނަ ސަރުކާރު ރަސްމީ ދުވަހުގެ ރަސްމީ ގަޑި ހަމަވުމާ ހަމައަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 08 (އަށެއް) އަށްވުރެ ގިނަ ނަމަ، 'ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު 2024' ގައި ކަނޑައަޅާފައިވާ ފަދައިން ޝޯޓްލިސްޓްކުރެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 7 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު" އާންމުކޮށް ފެންނާނެހެން ޓްރައިބިއުނަލުގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް" އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް، 'ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު 2024' ގައިވާ ގޮތުގެ މަތިން މި ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި ޓްރައިބިއުނަލުގެ ނަންބަރު 3027801 އަށެވެ. އަދި އީމެއިލް ކުރާނީ [email protected]  އަށެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު 2024' ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވެބްސައިޓު (https://employmenttribunal.gov.mv) އިން ލިބެން ހުންނާނެއެވެ.

29 އެޕްރީލް 2025
ހޯދާ